ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރުއާނުން އިމްތިހާން ނުދޭން ގޮވާލާ ހުށަހެޅި ޕެޓިޝަނާ މެދު ޝޭޙް އިލްޔާސް ކަންބޮޑުވުން ފާޅުކުރައްވައިފި

ޝެއިހް އިލްޔާސް ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާއެއްގެ ގޮތުގައި ހިމެނީ ތައްޔާރުވުމުގެ ފުރުސަތު ނުދީ ކަމަށާއި އެ ޓެސްޓްގައި ބައިވެރިވާ ނަމަ، ފެއިލްވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، ބެލެނެވިރިންތަކެއް ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ޝެއިހް އިލްޔާސް ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރޭ ކާނިވާ ސަރަހައްދުގައި ދަރުސްދެއްވަމުން ޝެއިހް އިލްޔާސް ވިދާޅުވީ ގުރުއާން ކިޔަވައިގެން ފެއިލްއެއް ނުވާނެ ކަމަށާއި، ގުރުއާނަކީ ހިތުވިންދު ކަމަށެވެ.

“މި ގުރުއާނަކީ ހިތް އަލިކޮށްދޭ ފޮތެއް. މި ގުރުއާން ކިޔެވި ވަރަކަށް ހިތް އަލިވެގެން ދާނެ،” ޝެއިހް ވިދާޅުވިއެވެ.

ޝެއިހް ވިދާޅުވީ، ގުރުއާނުގެ ސަބަބުން ދަތި އުނދަގުލަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ބަޔަކު އެ މާއްދާ ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލްޔާސް ތުހުމަތު ކުރެއްވިއެވެ. 

އިލްޔާސް ވިދާޅުވީ، ގުރުއާނަކީ ހިތް އަލިކުރާ މަތިވެރި އެއްޗެއް ކަމަށާއި ގިނަގިނައިން ގުރުއާން ކިޔެވުމުން ދަސްކުރަން ފަސޭހަވާނޭ ކަމަށެވެ.

ޝެއިހް އިލްޔާސް ރޭ އިޝާރާތްކުރެއްވި ޕެޓިޝަންގައި ބެލެނިވެރިންތަކެއް ސޮއިކޮށް ބުނެފައި ވަނީ، ކުދިން ސްޓްރީމްތައް ބަލައިގަތް އިރު، ގުރުއާން މާއްދާ ނެތް ކަމަށާއި އެހެންކަމުން ކުއްލިއަކަށް ގުރުއާން މާއްދާ އިމްތިހާނުގައި ހިމެނުމަކީ ދަތިވާނެ ކަމެއް ކަމަށެވެ.

ބެލެނިވެރިންގެ ފަރާތުން މި ޕެޓިޝަން ރައްޔިތުންގެ މަޖިލިހަށް ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީއެވެ.

އެ ޕެޓިޝަންގައި 500 ބެލެނިވެރިއަކު ސޮއިކޮށްފައި ވެއެވެ. އަދި އޭގެ އިތުރަށް ވެސް އެ ޕެޓިޝަންގައި ބެލެނިވެރިން ސޮއި ކުރުމަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: