ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެ

އަކްރަމްގެ އިތުރުން އިސިގެ ބައެއް މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

 ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯމު ހުށަހެޅުމަށް ދިޔަ މީހަކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންތަކަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެކަމާއި ގުޅިގެން، އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް، އިއްޔެ އާއި މިއަދު އެތަނަށް ދިޔަ މީހަކު މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށެވެ. އަދި އިންތިޚާބުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އެހެން ބިރު ދެއްކުމަކީ އީސީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އަކްރަމް ވިދަޅުވިއެވެ.

https://twitter.com/akram4535/status/1228588796037431297

“ބިރު ދައްކައި އިންޒާރު ދިނުމަކީ މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް. ގޯސް ކަންކަން ތަކުރާރުކުރުމުން ވާނީ ގޯސް،” ކުރެއްވި ޓްވީޓެއްގައި އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދަޅުވީ، އިންސާފުވެރި، އަމާން އިންތިޚާބެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި  ވިދާޅުވީ، ބިރު ދައްކައި، އިންޒާރު ދޭ އެފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ނަމަވެސް، އީސީއަށް ބިރުދެއްކީ ފަރާތުގެ ތަފްސީލެއް އަދި ބިރުދައްކަން ހިންގި އަމަލުގެ ތަފްސިލެއް ވެސް އަކްރަމް އަދި އީސީގެ ފަރަތުން  ނުދެއްވައެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން މިހާރު ފޯމު ހުށަހަޅަމުން އަންނައިރު، ގިނަ އަދަދެއްގެ ބަޔަކު އިންތިޚާބުގައި ވާދަކުރެ އެވެ.

މި އިންތިޚާބަށް ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ހާއްސަކޮށް ރާއްޖެގެ އެންމެ ބޮޑު އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތައްޔާރުވުންތައް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: