ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރުޒު މަގުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ!

އެކްސިޑެންޓް ހިނގި ސަރަހައްދު --- ގޫގުލް މެޕް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ބުރުޒުމަގުން ޕ”ޕީޓްރަލް” ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގައި އެ މަގުން އައި އެހެން ސައިކަލަކުން ޖެއްސުމުގެ ސަބަބުން، ޖެއްސި ސައިކަލް ދުއްވަން އިން މީހާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، ރޭ ބުރުޒުމަގުން އިރަށް ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އެހެން ސައިކަލަކުން ޖެއްސުމުގެ ސަބަބުން މަރުވެފައި ވަނީ، ޖެއްސި ސައިކަލް ދުއްވަން އިން 26 އަހަރުގެ ޒުވާނަކު ކަމަށެވެ. އޭނާ މަރުވެފައި ވަނީ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އަނެއް ސައިކަލުގައި ތިބީ ފިރިހެނަކާއި އަންހެނަކު ކަމަށެވެ. އެ ދެމީހުނަށް ވެސް ވަރަށް ބޮޑަށް އަނިޔާވެގެން އެކަކު އައިޖީއެމްއެޗް އަށް އަދި އަނެކަކު އޭޑީކޭ އަށް ގެންގޮސްގެން ފަރުވާދެމުންދާ ކަމަށެވެ. އޭޑީކޭ އަށް ގެންގޮސްފައި ވަނީ ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ އަމްހެން މީހާއެވެ. އަދި އައިޖީއެމްއެޗް އަށް ގެންގޮސްފައި ވަނީ ސައިކަލް ދުއްވަން އިން އުމުރުން 31 އެއް އަހަރުގެ ފިރިހެން މީހާއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަތު ނަމަކަށް ކިޔާ ޒުވާނެކެވެ.

ފުލުހުން ބުނީ، ދެ ސައިކަލް ދުއްވަން އިން މީހުންގެ އަތުގައި ވެސް ޑްރައިވިންގ ލައިސެންސް ނެތް ކަމަށާއި ދެ ސައިކަލަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ނަމަވެސް، ގެއްލުމުގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: