ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ބާބަކިއު ސަރަަހައްދު ބަންދުކޮށްފި

ހުޅުމާލެ ބާބަކިއު ސަރަހައްދު ---- އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ބާބަކިއު ސަަރަހައްދު (ހުޅުމާލޭ ބާބަކިއު ޕޮއިންޓް) މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވަގުތީ ގޮތުން އެތަން ބަންދުކުރާތީ،  އެ ސަރަހައްދުގައި ބަހައްޓާފައިވާ ބާބަކިއު ޕިޓް، ގޮނޑި މޭޒު ފަދަ ތަކެތި ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނީ، ހުޅުމާލެ ބާބަކިއު ސަަރަހައްދު ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވަނީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް ތަރައްގީކުރުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ ގޮތުން ކަމަށެވެ.

އެތަން ބަންދުކުރަން ނިންމި އިރު، އަލުން ހުޅުވާނެ ތާރީހެއް އެޗްޑީސީގެ ބަޔާނުގައި ބުނެފައި ނުވެއެވެ.

ހުޅުމާލޭ ބާބަކިއު ސަރަހައްދަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ބޭނުންކުރަމުންދާ ސަރަހައްދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: