ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީއެއް ގެންގުޅުނު 20 ފުޅި ބަނގުރާ ފުލުހުން އަތުލައިގެންފި

ހުޅުމާލެއިން ފުލުހުން އަތުލައިގެން ތަކެތި
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ދަންވަރު 20:38 ހާއިރު ހުޅުމަލޭ ފެރީޓާމިނަލް ކައިރީގައި ހުރި މީހަކު ފޮށިގަނޑެއްގައި ބަނގުރާ ގެނގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ އުމުރުން 28 އަހަރުގެ ބިދޭސީއެއް ކަމަށެވެ.

 

https://twitter.com/PoliceMv/status/1228914159514816513

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކު ބަނގުރާ ފުޅިތަކެއް ހިފައިގެން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭ ދަންވަރު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ގެންގުޅުނު ދަބަހަކާއި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: