ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ބޮޑު ހަރަކާތެއް މި މަހު 21 ގައި!

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކަނޑައެޅި ތަރުޖަމާނު އަފްޝާން ލަތީފް ޕްރެސްގައި ވާހަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރިއަށްގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިން މުޅި ރާއްޖެއަށް ލޯންޗުކުރުމުގެ ބޮޑު ހަރަކާތެއް މިމަހުގެ 21 ގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ފަރާތުން މައުލޫމާތުދެއްވަމުން އެ ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކަނޑައެޅި ތަރުޖަމާނު އަފްޝާން ލަތީފް ވިދާޅުވީ، ރަށްވެހި ފަތިސް ކެމްޕެއިން މުޅި ރާއްޖެއަށް ލޯންޗުކުރުމުގެ ހަރަކާތެއް މިމަހު 21 ގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަފްޝާން ވިދާޅުވީ، އެދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވަގުތެއްގައި ލޯންޗުކުރާ މި ކެމްޕެއިންނާއިއެކު ކޮންމެ ރަށަކަށް ހާއްސަ މެނިފެސްޓޯއެއް ވެސް ލޯންޗުކުރާނެ ކަމަށެވެ. އަދި ރަށްރަށުން ވާދަކުރަ ކެންޑިޑޭޓުންގެ ޕޯސްޓަރު ހިތްޕުމުގެ ހަރަކާތެއް ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/MDPSecretariat/status/1228932430536462337

އަފްޝާން ވިދާޅުވީ، ދުވަސް ކައިރިވުމުން މި ހަރަކާތް ކުރިއަށްދާނެ ވަގުތެއް އިއުލާންކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަފްޝާން ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުއާއި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވާ ފަދައިން އެމްޑީޕީން މި އިންތިޚާބު ކާމިޔާބުކުރާނީ ބޮޑު އަގުލަބިއްޔަތަކުން ކަމަށާއި އެއީ މަދުވެގެން 60 އިންސައްތައިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ލަމަރުކަޒީ ނިޒާމަކީ ފެށުނީންސުރެ އެމްޑީޕީގެ ސިޔާސަތެކެވެ. އެހެންކަމުން ލަމަރުކަޒި ނިޒާމުގެ ފޮނިމީރުކަން ބެނުން ނަމަ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: