ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް، ފައިސާ ވެސް ހޯދޭނެ: ފައްޔާޒް

ބޮޑު ބަދަލު ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާއިލް (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ފައިސާ ވެސް ހޯދޭނެކަމަށާއި، ވޯޓުލުން ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކުރުމާ ދެކޮޅަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރައްވާފައިވާ ޕޯސްޓަށް ތާއީދު ކުރައްވަމުންނެވެ. ފައްޔާޒް މީކާއިލްގެ ޓުވީޓު، ރީޕޯސްޓުކޮށް އިންތިހާބު ފަސްކުރުމަށް ތާއީދެއް ނޫންކަމަށް ވިދާޅުވިއިރު މީކާއިލް ވަނީ އިންތިހާބު ފަސް ކުރަނީ ވަކި ބައެއްގެ މަސްލަހަތަށްކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މީކާއިލް ވިދާޅުވެފައިވަނީ، ޕާޓީން ކުރިން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި، އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ ޕާޓީގެ އާންމު މެންބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުނ އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަން އުޅެނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށްވެސް މީކާއިލް ވަނީ ތުހުމަތު ކުރެއްވި އެވެ.

އިންތިހާބު ފަސްކުރުމުގެ ބަހުސް ފެށިގެން އައީ، ޕާޓީގެ ފަންޑުގައި ފައިސާ ނެތް ކަމަށް ވިދާޅުވެ، ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އިންތިހާބު ފަސްކުރުމަށް ހުށަހެޅުމުންނެވެ. ޣަފޫރު ލަފާދީފައި ވަނީ މިވަގުތު އިންތިހާބު ބޭއްވުމުގެ ބަދަލުގައި ޕާޓީ ހިންގާނެ ވަގުތީ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު ވެސް ވަނީ އިންތިހާބު ފަސްކުރުމަށް ސިޓީއެއް ފޮނުވާފަ އެވެ. އަފީފް ފޮނުވި ސިޓީގައި ވަނީ، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އިންތިހާބުތައް ރާވައި ހިންގުމުގެ ބާރު އޮތީ އޭނާއަށްކަމަށާއި، އޭނާގެ ބައިވެރިވުމެއް ނެތި އިއުލާނުކޮށްފައިވާ ޓައިމްލައިނަކީ ބާތިލު އެއްޗެއް ކަމަށެވެ.

މިހާރު އިއުލާނުކޮށްފައިވާ އިންތިހާބު ފަސްކޮށްފިނަމަ، މިއީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެއެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ފުރުސަތު ދިނުމުގެ ގޮތުން މި އިންތިހާބު ފަސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: