ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަވަކިޔުންތެރިޔާ މުހުތާރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަނީ!

މުޚުތާރު އާދަމް ،48
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ލަވަކިޔުންތެރިޔާ މުޚުތާރު އާދަމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މަސައްކަތް ފުލުހުން ފަށައިފިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ސިވިލް ކޯޓަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން އުމުރުން 48 އަހަރުގެ މުޚުތާރު އާދަމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މުޚުތާރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވާއިރު، ސިވިލް ކޯޓަށް ހުށައެޅިފައި ވަނީ ކޮން މައްސަލަ އެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ދަރަނި ނުދައްކައިގެން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އިން ދަފްތަރު ނަންބަރު 8882/މާލެ، މުޚްތާރު އާދަމް މައްޗަށް ދަޢުވާކުރި މައްސަލައެއް ސިވިލް ކޯޓުގައި ވަނީ 2017 ވަނަ އަހަރު ބަލާފައެވެ.

މުޚްތާރު އާދަމަކީ، ލަވަ ކިޔުމާއި، ލަވަ އަލްބަމް އުފެއްދެވުމާއި، އެހެން މީހުންނަށް ލަވަ އަލްބަމް ތައްޔާރުކޮށްދެއްވުމުގައި ރާއްޖޭގައި ނަންވިދާލި ފަރާތެކެވެ.

މިހާތަނަށް އަމިއްލައަށް ލަވަ ހަދާފައިވާ ދެ އަލްބަމާއި، އެހެންމީހުންގެ ލަވަޔާއެކު 10 އަލްބަމް ނެރުއްވާފައިވެއެވެ.  އަދި 80 އަށްވުރެ ގިނަ ލަވަ އަލްބަމަށް 300 އަށްވުރެ ގިނަ ލަވަ ކިޔާފައިވެއެވެ. މީގެ ކުރިން، ސަރުކާރުން ބާއްވަވާ ބައެއް ޙަފްލާތަކުގަޔާއި، މާލެއާއި އަތޮޅުތަކުގައި ބާއްވާ ޝޯތަކުގައިވެސް މުޚުތާރު ލަވަ ކިޔުއްވަމުން ގެންދަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: