ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްގިރުމުގެ މައްސަލަ ކަމާ ބެހޭ ފަރަތްތަކަށް ހުށައަޅާފައި ވާނެ – ކުނބުރުދޫ ކައުންސިލް

އދ. ކުނބުރުދޫ ---ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ކުނބުރުދޫއަށް ދިމާވެފައިވާ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށައަލާފައިވާނެ އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބިންކުޑަ ރަށެއް ކަމަށްވާ ކުނބުރުދޫގައި އާދަޔާ ޚިލާފަށް ރަށް ގިރަމުންދާއިރު ހައްލެއް ހޯދައިދެވިފައި ނުވާތީ، މީސްމީޑިއާގައި ވަނީ ކައުންސިލަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. މިކަމާއި ގުޅިގެން މައުލޫމާތު ހޯދާލުމަށް “ސަންގު” އިން ގުޅާލުމުން ކުނބުރުދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، އެއީ ކައުންސިލްގެ އަގު ވައްޓާލައި ބަދުނާމުކުރުމަށް ބަޔަކު ހިންގާ ޖަރީމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ އެކި ފަހަރުގެ މަތިން ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައި ވާނެ ކަމަށެވެ.

އަހުމަދު ނަސީމް ވިދާޅުވި، ކުނބުރުދުއަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ މެދުވެރިވާ ރަށެއް ކަމަށާއި އެކަމަކު މިހާރު ގިރަމުން އެދަނީ އާދަޔާ ޚިލާފަށް ބޮޑުކޮށް ކަމަށެވެ.

“ބިންކުޑަ ރަށެއް ވީމާ ކިތަންމެ ކުޑަކޮށް ގިރަލިއަސް އަޅުގަނޑުމެންނަށް އެ ގެއްލެނީ ވަރަށް ބޮޑު އެއްޗެއް” ކުނބުރުދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާ ބޮޑަށް ރަށް ގިރަމުން ދަނީ، މީގެ 3 މަސް ކުރިން އެ ރަށަށް އުދައަރަން ފެށުމުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރުން ރަށަށް ޒިޔަރަތްކުރައްވާ ކޮންމެ ފަހަރަކު ވެސް އެންމެ ބޮޑަށް ކައުންސިލުން ފާހަގަކުރަނީ އެ މައްސަލަ ކަމަށް ފާހަގަކޮށް އަހުމަދު ނަސީމް ވިދާޅުވީ، އޭނާ މިވަގުތު ހުންނެވީ މާލޭގައި ކަމަށާއި އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް މި ދަތުރުގައި ވެސް ޝަކުވާތައް ހުށައަޅުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން އެކަމަށް މާބޮޑު އަޅާލުމެއް ދީފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: