ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ މިއަދު މިވަނީ ނޫސްވެރިކަމުގައި ވަރަށް ހިތާމަވެރި ހާލަތަކަށް ގޮސްފަ: އަބްދުއްﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ މިއަދު މިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި 108 ވަނައަށް ވެއްޓި، ހިތާމަވެރި ހާލަތަކަށް ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދިވެހި ނޫސްވެރިންނަށް ތަހުނިޔާ ފޮނުއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އިންޑެކްސްގައި ރާއްޖެ މިހާ ބޮޑަށް ފަހަތަށް ސޮއްސާލުމަކީ ސަރުކާރުން ހާމަކަން ބޮޑު ސިޔާސަތުތައް ދޫކޮށް، ބިރުދެއްކުމުގެ ސަގާފަތެއް ގާއިމުކުރުމުގެ ހިތި ނަތީޖާއެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބުނު ބޮޑު ފަހަތްޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ނޫސްވެރިކަން ހަނިކުރާ ފަދަ ގާނޫނުތައް ހެދުމާއި، ނޫސް އިދާރާތަކަށް ފުލުހުން ފޮނުވައިގެން ހިންގާ އަމަލުތަކުން ހާމަވަނީ، މި ސަރުކާރުން ޖަވާބުދާރީވުމުގެ ބަދަލުގައި އިސްކުރަނީ ބިރުވެރިކަން ފެތުރުން ކަމަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއެޅިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ”އަޅުގަނޑުމެން މިތިބީ ނޫސްވެރިންނާ އެކު ސާބިތުކަމާއެކުގަ، އަދި ނޫސްވެރިންނަށް ބިރުދެއްކުމާއި، ގޯނާކުރުމާއި، އެމީހުންގެ މަސައްކަތްތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ސިފަކޮށް ކުރާ އެންމެހައި ކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލަން“ ކަމަށެވެ.

ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރައްވަމުން ޝާހިދު ވަނީ ނޫސްވެރިންނަށް ކުރާ ގޯނާތަކާއި ބިރުދެއްކުންތައް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީން އަބަދުވެސް ދެމިއޮންނާނީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމުގައި ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: