ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އަބްދުﷲ މުޙައްމަދަކީ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީއެވެ. އަދި އޭނާ މަޝްހޫރުވެފައިވަނީ އަބްދުﷲ ގާޒީގެ ނަމުންނެވެ. އެއީ 2012 ވަނަ އަހަރު އޭރުގެ ވެރިކަން ނިމުމަކަށް އައުމުގެ އަސްލަކީ އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓުން ކަމަށް ބަޔެއް ސިޔާސީ ފަރާތްތަކުން ބުނެފައިވާތީއެވެ.

އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވިޔަސް އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނިންމީ އާދިއްތަ ދުވަހު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ބަލަނީ، އަބްދުﷲ ގާޒީއާ ގުޅޭ ކޮން މައްސަލައެއްކަން ސީދާ އެނގިފައި ނެތަސް ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި ދާދި ފަހުން ހިއްސާ ކުރެއްވި ޅެމެއްގެ މައްސަލަ ފެންމަތިވެފައިވެއެވެ.

އެގޮތުން އެމްޑީޕީގެ އެމްޑީޕީގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކަށް އަށް އަހަރު ފުރުމާ ގުޅުވައިގެން ފަނޑިޔާރުންނާއި ގާޒީންގެ ވައިބާ ގުރޫޕަށް އަބްދުﷲ ގާޒީ ޅެމެއް ހިއްސާ ކުރެއްވީ “ހެޕީ ބޮޑު ހުޅު ޑޭ” ޖައްސަވާފައެވެ.

އަބްދުﷲ ގާޒީ އަކީ، ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރުވި ސަބަބެއް ކަމަށް ވިދާޅުވި ހުރިހާ ލީޑަރުން މިހާރު ތިއްބެވީ މި ސަރުކާރުގެ ކޯލިޝަނުގައެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް އަބްދުﷲ ގާޒީ، އެކަހެރިކުރި ކުރުމާ ގުޅުވައިގެން ކުރި ޓެރަރިޒަމްގެ ދައުވާގައި ހުކުމް އިއްވާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ބަސްފުޅުން ނަމަ “ހަވާ ފަޓާސް ބަރި” އެއްހެން ކުރިއަށް ގެންގޮސް ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ 2018 ވަނަ އަހަރު ބާތިލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: