ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލް އިން ދޮގުހެދި، އެކަމުގެ ހެކިވެސް އެބަހުރި: ޔައުޤޫބު

ޝެއާރކޮށްލާ ކަހަލަދޯ؟

އާ ސީޕްލޭން ޓާމިނަލުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ވެރިން ދޮގުހެއްދެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ  ތުހުމަތުކުރައްވައިފި އެވެ.

ޓީއެމްއޭއަށް ޓާމިނަލް ދޭން އުޅުމުގެ މައްސަލައިގައި މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ އެކު ބޭއްވި ބައްދަލުވުމުގައި، ޔައުޤޫބު ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކުރި މަޝްވަރާތަކާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ވެރިން ދޮގުހެއްދެވި ކަމަށެވެ.

ޔައުޤޫބު ވިދާޅުވީ ޓީއެމްއޭއަށް ޓާމިނަލް ދޫކޮށްލަން އެމްއޭސީއެލުން ދިން ސިޓީގައި ހުރި ކަންތައްތަކަށް އެމްއޭސީއެލްގެ ބޯޑުން މަޝްވަރާ ނުކުރާ ކަމަށް ބުނާ ކަމަށާއި ނަމަވެސް އެ މަޝްވަރާތައް ކޮށްފައިވާކަން އެމްއޭސީއެލްގެ ބޯޑުގެ މިނިޓްސްތަކުން އެނގެން އެބަ އޮތް ކަމަށެވެ.

ޔައުގޫބް ވިދާޅުވީ ޑިސެމްބަރު، 28 2017 ގައި ބޭއްވި އެމްއޭސީއެލްގެ ބޯޑުގެ 255 ވަނަ ބައްދަލުވުމުގައި އެ މަޝްވަރާތައް ކޮށްފައިވާ ކަން ބޯޑުގެ މިނިޓްސް އިން އެނގޭ ކަމަށެވެ.

އޭރުގެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިހާރު ވެސް ދެ ބޭފުޅަކު ބޯޑުގައި އިންނަވަ އެވެ. އެއީ ޑރ. މަހްފޫޒްގެ އިތުރުން މުހައްމަދު އަބްދުއްސައްތާރު އެވެ.

“ބޯޑުން ވިދާޅުވަނީ ބޯޑަކަށް ނޭނގެއޭ މެނޭޖްމަންޓުން ބޮޑެތި ޑެސިޝަންތައް ނަންގަވާ އިރު ވެސް، ދެން އެކަމަކު އަޅުގަނޑަށް އިނގޭ އެއީ އިތުރުފުޅެއް ކަން ވެސް. އޭގެ އެއް ހެކި އަޅުގަނޑު މިހާރުވެސް ދައްކާލަފާނަން. އެއީ އޭރު ކޮންމެވެސް ސިޓީއެއްގައި ހިމެނޭ ރޭޓްތަކާ ކަންތައްތަކެއްގެ ވާހަކަ ވެސް ދެކެވުނު. އެ ސިޓީގެ މައުލޫމާތު ވެސް ނޭނގޭ ކަމަށް ވަނީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓް އައުމުގެ ކުރިން. އެކަމަކު ބޯޑުގައި، އެއާ ގުޅޭ މިނިޓްސްތައް ވެސް އެބަހުރި” ޔައުގޫބް ވިދާޅުވި އެވެ.

މީގެ އިތުރުން ޔައުޤޫބު ވިދާޅުވީ މަޖިލީހުގައި ދޮގުހަދާ ބޯޑަކުން، ސަރުކާރުގެ ނިންމުން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލުން ހެދި އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ފުރަތަމަ ވިދާޅުވީވެސް ޔައުގޫބެވެ. އާ ޓާމިނަލް ޓީއެމްއޭއަށް ދިނުމަށާއި އެ ކުންފުނިން ދައްކާ ވާހަކަތަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރައްވަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: