ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުން މުޒާހަރާ ކުރަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ފިޔަވަޅު އަޅައިދޭން ގޮވައިލައި ޕީއެންސީން ގަރާރެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އަންގާރަ ދުވަހު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވަމުން އަބްދުއްސައްތާރު ވިދާޅުވީ، ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލި، މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް އިންތިހާއަށް ދަތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށެވެ. ވަކި ޕާޓީއެއްގެ ނަން ގަރާރުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، މިދުވަސްވަރު މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދަނީ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިންނެވެ.

މެންބަރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގަކީ ޒިންމާތަކަކާ އެކު ލިބިދޭ ހައްގުތަކެކެވެ.

 ”ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތި އުދަނގޫތައް ވެސް ތަހައްމަލުކުރަން ޖެހިފައިވާތީ، އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލަން،“ ގަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި، 30 ވަނަ މާއްދާ އަދި 33 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވައި އަބްދުއްސައްތާރު ފާހަގަކުރެއްވީ، ހިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ ހިންގުމުގެ ހައްގު އޮތް ނަމަވެސް، އެހެން މީހުންގެ އަބުރާއި ރައްކާތެރިކަމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. މި ގަރާރުގެ މަގުސަދަކީ މި މައްސަލައިގައި މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ގަރާރު ހުށަހަޅާފައި މިވަނީ، ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ގާނޫނާ ހިލާފު ކަމަށް ބުނެ، އެކަންކަން އިސްލާހު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ ފަހުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ދީފައި ވަނިކޮށެވެ. މީގެ ކުރިންވެސް އެ ޕާޓީއަށް ނަސޭހަތްތެރިވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: