ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާމިނަލް މައްސަލައިގައި ކޮމިޓީގެ ތާޢީދު ސަރުކާރުގެ ނިންމުމާ އެއްކޮޅަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ހަދާފައިވާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޭން ސަރުކާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތާއީދުކޮށްފި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް އެއްކޮށް ދޭން ކުރީ ސަރުކާރުން ނިންމި ނިންމުން ބާތިލްކުރުމަށް މިސަރުކާރުންވަނީ ނިންމާފައެވެ. އަދި އޭގެ ބަދަލުގައި ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 6،300 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

މިއަދު މެންދުރު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.

މި ވޯޓުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

ސަރުކާރުގެ ނިންމުމަށް ތާއީދު ކުރުމަށް ނިންމި ނަމަވެސް ޓާމިނަލް ޓީއެމްއޭ އަށް ދޫކުރުމާ ގުޅޭ ގޮތުން އެމްއޭސީއެލްއާ އެކު ކުރިން ހިންގާފައިވާ މުއާމަލާތްތަކާ މެދު އޮތް ކަންބޮޑުވުންތައް މެމްބަރުން އަދިވެސް ކަންބޮޑުވެލައްވައެވެ.

ރޭ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ، ޓީއެމްއޭ އަށް މިހާރު ބިން ދޫކޮށްފައިވާ އަކަމީޓަރަކަށް 10.35 ޑޮލަރުގެ އަގަށް އާ ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރު ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެހެން އޮޕަރެޓަރުންނަށް މިހާރު ދޫކޮށްފައިވާ ޖާގައަށް ޓީއެމްއޭއަށް ދޭ ރޭޓުގައި ކުއްޔަށް ދިނުމަށްފަހު، ބާކީ އޮންނަ 21،000 އަކަމީޓަރު ޓެންޑަރުގެ އުސޫލުން އާންމުކޮށް ހުޅުވާލުމަށްވަނީ ނިންމާފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: