ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް: ނައިބް ރައީސް

ނައިބް ރައީސް ފައިސަލް ނަސީމް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ލިބިގެންދާ ހައްޤުތައް ކަމަށް ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. 

ނާއިބު ރައީސް މިހެން ވިދާޅުވީ ’މަސަލަސް ރާއްޖެ‘ ގެ ނަމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްނަންގަވައިގެން ހިންގަވާ ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ގިނަގުނަ ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި މިގޮތުން 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީން ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޙައްޤުތަކެއް ލިއްބައިދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ ވެރިކަން ހިންގުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ޖާގަ މި ޤާނޫނު އަސާސީން ދީފައިވާކަން ފާހަގަކުރައްވާ ނައިބް ރައީސް ވަނީ މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކުގެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތު ލިބިފައިވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވެފައެވެ.

ޤާނޫނުތަކަކާއި އުޞޫލުތަކެއް ހެދިފައިހުންނައިރު އެޤާނޫނެއްގައި ބުނާ އެއްޗެއް ހުރިހާ އެންމެންނަށް ވަރަށް ރަނގަޅަށް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އީސީން އިސްނަގައިގެން މި ފެށި މައްސަކަތަކީ އެފަދަ މުހިއްމު މަސައްކަތެއް ފެށުނު ދުވަހެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު މިއަދު ވުޖޫދަށް އައިސްފައިވާއިރު އެޤާނޫނުގައި ބުނާ އެއްޗެއް ވަރަށް ސާފުކޮށް އެންމެންނަށްވެސް އެނގެންޖެހޭ ކަމުގައެވެ.

ނައިބް ރައީސް ވިދާޅުވީ ހޭލުންތެރިކަމުގެ ޕްރޮގްރާމަކީވެސް އެތައް މިންނެތް މަސައްކަތަކާއެކު ބޭއްވިގެންދާ ޕްރޮގްރާމެއް ކަމަށާއި މިފަދަ ޕްރޮގްރާމްތަކުން ދަސްވާ އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭތޯ މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްނަންގަވައިގެން 16 މުއައްސަސާއެއްގެ ބައިވެރިވުމާއެކު މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ’މަސަލަސް ރާއްޖެ‘ ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ބްރޯޑްކާސްޓިންގ ކޮމިޝަން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، ސިވިލް ސަރވިސް ކޮމިޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސަސް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ، ހޯޕް ފޮރ ވުމެން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމެންޓް އަދި އިސްލާމިކް ޔުނިވަރސިޓީ ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: