ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާބަކިއު ޕޮއިންޓް ބަންދުކުރުމުން، ހުޅުމާލޭގައި ވަގުތީ ބާބަކިއު ސަރަހައްދެއް!

ވަގުތީ ބާބަކިއު ސަރަހައްދު: ރުއްގަނޑު 2 --- އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން ވަގުތީ ގޮތުން ބާބަކިޔު ހެދޭނެ ދެ ސަރަހައްދެއް، ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެވެ.

ވަގުތީ ގޮތުން ބާބަކިއު ހެދުމަށް އެޗްޑީސީން ހަމަޖައްސާފައިވަނީ، ހުޅުމާލޭ ބާބަކިއު ސަރަހައްދު ބަންދުކުރުމާއި ގުޅިގެންނެވެ.

އެޗްޑީސީން ނެރުނު އިޢުލާނެއްގައި ބުނީ ބާބަކިއު ސަރަހައްދު ބަންދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. އެތަނުގައި “ޗެނަލް ޕާކް ބުލިވަޑް” ނަމުގައި ތަނެއް ތަރައްގިކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

https://twitter.com/hdcmaldives/status/1230374875057082372

“ޗެނަލް ޕާކް ބުލިވަޑް” އަށް ރާވާފައިވާ ޕްލޭން ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާއާ ހިއްސާކޮށްފަ އެވެ. އެތަން ތަރައްގީކޮށް ނިމޭއިރު، ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި، ސްކޭޓު ކުރާނެ ޕާކަކާއި، ރެސްޓޯރެންޓާއި އައުޓްޑޯ ޖިމް ހުންނާނެ އެވެ.

ބާބަކިއު ސަރަޙައްދު އަލުން ހުޅުވާލާނެކަން ނުވަތަ އެ ސަރަހައްދަށް ގެންނާނެ ބަދަލެއް އަދި އެޗްޑީސީން ހާމަކޮށްފައި ނުވާއިރު، ވަގުތީ ބާބަކިއު ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހުޅުމާލެ ރުއްގަނޑު (ރުއްގަނޑު 2) ހިމެނޭ ސަރަހައްްދެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ބާބަކިއު ހެދުމަށްޓަކައި ބޭނުން ކުރަންވާނީ ހަމައެކަނި “ކޯލް” ކަމަށެވެ. އަދި ވަގުތީ ގޮތުން ބާބަކިޔު ހަދަން ހަމަޖެއްސި ދެ ސަރަހައްދުގައި މަސްކަނޑާ ހުޅުނބު ޖެހުމަކީ ވެސް މަނާ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: