ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްސީއައި އިން ތުލުސްދޫގައި މުރަކަ ފެސްޓިވަލް އެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ފަރެއްގައި --- މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް އެމަނިކުފާނު އުފައްދަވާފައިވާ ޖަމިއްޔާއެއް --- ފޮޓ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޖަމިއްޔާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން ކ. ތުލުސްދޫގައި މުރަކަ ފެސްޓިވަލް އެއް ބޭއްވުމަށް ނިންމައިފިއެވެ.

އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް ކުރިއަށްދާނީ ހެނދުނު 10:00 އިން ފެށިގެން 18:00 އަށެވެ. މި ފެސްޓިވަލަކީ މުރަކަތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތުދީ މުރަކަތައް ގާތުން ބަލާލުމުގެ ފުރުސަތު އާންމުންނަށް ދިނުމަށް ބާއްވާ ފެސްޓިވަލެކެވެ. އަދި މި ފެސްޓިވަލަކީ ރާއްޖޭގެ ފަރުތަކުގައިވާ މުރަކަތައް ދެނެގަނެ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައި ތިމާވެށްޓާއި މާހައުލު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ދައްކައި އެކަންތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ބޮޑު މަހާސިންތާއެކެވެ.

މީގެ އިތުރުން، މިއުޒިކް އާއި އާޓް އަދި ސްނޯކްލިން ފަދަ ހަރަކާތްތައް ބަލައި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި ފެސްޓިވަލުން ލިބިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މުރަކަ ފެސްޓިވަލްގެ އެއް ދުވަސް ކުރީން ހާއްސަ ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފަައެވެ. އެ ވޯކްޝޮޕްގައި އެމްސީއައިގެ މަސައްކަތާ ގުޅޭގޮތުން ތަފާތު މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.

ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: