ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު ބަހުރުވަތައް ބޭނުން ކުރުމަކީ ބަސް މުއްސަނދިވެ އިތުރަށް ދިރުން ލިބޭނެ ކަމެެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތފާތު ބަހުރުވަތައް ބޭނުން ކުރުމަކީ ބަސް މުއްސަނދިވެ އިތުރަށް ދިރުން ލިބޭނެ ކަމެެއް ކަމެއް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. 

ބައިނައްލަޢުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުވައްއި ރައީސް ސާލިހު ކުރެއްވި ޓުވިޓުގައި ވިދާޅުވ ީބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް ފޮނުއްވާ ކަމަށެވެ.

ހަމައެހެންމެ  ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ދިރިއުޅުމުގެ އެންމެހާކަމެއްގައި ބޭނުންކުރުމަށް ތަރުހީބު ދިނުމަކީ ދިވެހި ބަސް މުއްސަނދިވެ އިތުރަށް ދިރުން ލިބޭނެ ކަމެެއް ކަމަށް އެމަނިކުފާން ފާހަގަ ކުރެއްވިއެވެ. 

https://twitter.com/ibusolih/status/1230792329855782913

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ.

މިއަދު ފާހަގަކުރަމުންދާ މާދަރީ ބަހުގެ ދުވަހުގެ ޝިއާރަކީ “ސަރަހައްދީ އިމެއް ނެތި ބަސްބަސް” އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: