ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާނާއި ނަހުލާ ގޮވައިގެން މަސައްކަތް ކުރެވުނުއިރު، ނަޝީދުގެ އެނބުރިވަޑައިގަތުން އަގުވަޒަން ކުރެވެންޖެހޭ: ޙަލީމް

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރުންނަށް އިމްރާނާއި ނަހުލާ ގޮވައިގެން މަސައްކަތް ކުރެވުނުއިރު، ނަޝީދުގެ އެނބުރިވަޑައިގަތުން އަގުވަޒަން ކުރެވެންޖެހޭކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.

ސަންގިުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޙަލީމް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި މަސައްކަތްތަކެއް ކުރާ ޕާޓީ ކަމަށާއި، ޕާޓީގެ އަމާޒަކީ ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުން ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާޓީގެ ހިންގުން ބާރު ދުވެލީގައި ކުރިއަށް ނުދިޔައީ އިސް ސަފަށް އައު ބޭފުޅުންތަކެއް އައުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު ޕާޓީގެ ތެރެއިން ޒުވާން މޫނުތައް މަދުވެ، ހިންގުންތެރިކަން ދަށްވުމުގެ ނަތީޖާއަކީ ވޭތުވެދިޔަ އިންތިޚާބުތަކުން ބަލިވުން ކަމަށް ވެސް ޙަލީމް ވިދާޅުވެފައިވެއެވެ.

ޙަލީމްގެ ވާހަކަފުޅުގައި ބާރުއެޅުއްވީ އެމްޑީޕީއަށް މިވަގުތު ބޭނުންވަނީ ތަޖުރިބާހުރި، ޕާޓީ ހިންގަން އެނގޭ އަދި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހި ލީޑަރެއް ކަމަށެވެ. އެ ސިފަތައް ފުރިހަމަވާ ބޭފުޅަކީ ރައީސް ނަޝީދު ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ އެމަނިކުފާނު ޕާޓީއާ ދުރަށް ވަޑައިގަތުމުން ކަމަށް ޙަލީމް ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ ރައީސް ނަޝީދު އެނބުރި ވަޑައިގެން ޕާޓީގެ ހިންގުމާ ހަވާލުވެވަޑައިގަތުމުން ކަމަށެވެ.

ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައެއް ޚިޔާލުތަފާތުވުންތަކަށް އިޝާރާތް ކުރައްވަމުން ޙަލީމް ވިދާޅުވީ، މީގެ ކުރިން އެމްޑީޕީގެ ވެރިކަން ބަގާވާތަކުން ވައްޓާލައި އަނިޔާވެރިވުމުގައި އިސްކޮށް ތިއްބެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ފަދަ ބޭފުޅުން ގޮވައިގެން ވެސް މީގެ ކުރިން ސަރުކާރު ހިންގާފައިވާ ކަމަށެވެ. އެ ބޭފުޅުންނާއެކު އެއްވެސް ޝަކުވާއެއް ނެތި މަސައްކަތް ކުރެވުނުއިރު، ޕާޓީއަށް ބޮޑު ގުރުބާނީއެއް ވެދެއްވި ރައީސް ނަޝީދުގެ އަގުވަޒަން ކުރަން ޖެހުމުން މައްސަލަ ޖެހުމަކީ ޒާތީ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގަތީ އެމްޑީޕީގެ އަސްލު ފަލްސަފާ ގެއްލޭކަމުގެ އިހުސާސް ކުރެވުމުން ކަމަށާއި، ނަމަވެސް މިހާރު އެ ބޭފުޅުން އެނބުރި ވަޑައިގަތީ އެމްޑީޕީއާ ނުލައި ކާމިޔާބު ނުލިބޭނެކަން ގަބޫލުކުރެވޭތީ ކަމަށް ވެސް ޙަލީމް ވިދާޅުވިއެވެ. އޭރު ޕާޓީގެ ތެރޭގައި ބައެއް ކަންކަން ހިނގީ އެންމެ ރަނގަޅަށް ނޫންކަން ހަލީމް ގަބޫލުކުރައްވާ ކަމަށް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: