ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތްތައް ހޯމް މިނިސްޓަރު ބައްލަވާލައްވައިފި

ފޮޓޯ: މިނިސްޓްރީ އޮފް ހޯމްލޭންޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަމުންދާ މީޑިއާ ވިލެޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އެ ސައިޓަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، މިނިސްޓަރު އިހްސާން ވަނީ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ހުރި ގޮތް ވަރަށް ގާތުން ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ މި މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމާއި މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ.

މި ޒިޔާރަތުގެ ތެރެއިން މިނިސްޓަރު ވަނީ މަޝްރޫއުގެ ޓެކްނިކަލް ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަސައްކަތުގެ މިހާރުގެ ހާލަތާއި، ކުރިއަށް އޮތް މަރުހަލާތަކުގައި ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތު މިނިސްޓަރު އޮޅުންފިލުއްވިއެވެ.

މީޑިއާ ވިލެޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މީޑިއާތަކުގެ ތަރައްގީއަށާއި، ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން ރާއްޖޭގެ އެކި މީޑިއާތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ޖާގަ އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުއަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި، މީޑިއާތައް ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ވަރަށް މުހިންމު ބައެކެވެ. މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ މީޑިއާތަކަށް ކުރިމަތިވެފައިވާ އޮފީސް އިމާރާތުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، މީޑިއާގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، މީޑިއާތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: