ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި!

ފީއެންއެފް ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ތަކުރާރުކޮށް ހިލާފުވަމުންދާތީ، އެ ޕާޓީ އެއްލައްކަ ރުފިޔާއިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރީގެ ރައީސް ޔާމީނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޕީއެންއެފް ޖޫރިމަނާކުރަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެ ޕާޓީން ތަކުރާރުކޮށް ހިލާފުވަމުންދާތީ ކަމަށެވެ. އެގޮތުން އެ ޕާޓީން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުން ބޭރުން ސިލްސިލާކޮށް އެކިއެކި ހަރަކާތްތައް ހިންގަމުންދާކަން އީސީން ވަނީ ފާހަގަކޮށްފައެވެ.

އީސީގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، އެފަދަ ބައްދަލުވުންތައް ކުރިއަށްދާ ވަގުތުތަކާ ދިމާކޮށް އެ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ޕީއެންއެފްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

 ”ތިޔަ ޕާޓީއިން ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100,000 (އެއްލަކަ) ރުފިޔާއިން ޖޫރިމަނާކޮށްފީމެވެ،“ އީސީގެ ސިޓީގައި ބުނެފައިވެއެވެ.

މިއީ ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތަކާ މެދު އެޅޭނެ އެންމެ ބޮޑު އެއް މާލީ ފިޔަވަޅެވެ. އީސީން ބުނީ މި ފިޔަވަޅު އެޅުމުގެ ކުރިން މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ އަމަލުތައް އިސްލާހުކުރުމަށް އެދި މީގެ ކުރިންވެސް ރަސްމީކޮށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި، ކޮމިޝަނާއެކު ބައްދަލުވުމެއް ބޭއްވުމަށް ދިން ދައުވަތަށް ވެސް އެ ޕާޓީން ހާޒިރުވެފައި ނުވާކަން އީސީން ފާހަގަކުރިއެވެ.

މީގެ އިތުރުން، ޕީއެންއެފް ނުވަތަ އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރާނަމަ، އެ ފަރާތްތަކާމެދު އިތުރު ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: