ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚައްޖު މިޝަންގެ އޮފީސް، ޚައްޖާޖީން މައްކާގައި ތިބޭ ހޮޓަލުގައި ޤާއިމްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޚައްޖު މިޝަންގެ އޮފީސް، މިއަހަރުގެ ޚައްޖާޖީން މައްކާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގައި ރަސްމީކޮށް ޤާއިމްކޮށްފިއެވެ. މި އޮފީސް ޤާއިމުކޮށްފައިވަނީ ދިވެހި ޚައްޖާޖީން ތިބޭ ހޮޓަލުގެ 12 ވަނަ ފަންގިފިލާގެ 28 ވަނަ ކޮޓަރީގައެވެ.

މިކަމާ ގުޅިގެން ދިވެހި ޚައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސް ވިދާޅުވީ، ދިވެހި ޚައްޖާޖީންގެ ކަންކަން މި އޮފީސް މެދުވެރިކޮށް ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި ޚައްޖު މިޝަންގެ ފަރާތުން ކުރިއަށްގެންދާ އިދާރީ މަސައްކަތްތަކާއި ފައިސާގެ ކަންކަންވެސް މި އޮފީހުން އިންތިޒާމު ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހި ޚައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މޯލްޑިވްސް ޚައްޖު ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މައްކާގައި ޚައްޖާޖީން ތިބޭ ހޮޓަލުގެ އާބާތުރަ ފިލުވައި، ބައެއް މުހިންމު ބަދަލުތައް ވަނީ ގެނެސްފައެވެ. މިއީ ޚައްޖާޖީންނަށް ވީހާވެސް ފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން، ޚައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތައް ހަރުދަނާކުރުމަށްޓަކައި ”މައްކާ ރޫޓު އިނީޝިއޭޓިވް“ ގެ ދަށުން ހަމަޖައްސަންޖެހޭ ކަންކަން ނިންމުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް މިހާރު ވަނީ ރާއްޖެ ވަޑައިގަންނަވަން ފައްޓަވާފައެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖާޖީން ސަޢޫދީއަށް ދިއުމުން، އިމިގްރޭޝަންގެ ކަންކަމަށް މަޑުކުރަން ނުޖެހި ސީދާ އެކޮމޮޑޭޝަންތަކަށް ދިއުމުގެ ފުރުޞަތު ފަހިވެ، ދަތުރުފަތުރުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

ނިމިދިޔަ 2025 ވަނަ އަހަރުގެ ޚައްޖު ދަތުރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް އަހަރުކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ދިވެހި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: