ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މިނިސްޓަރ ވަރަށް ހަޑިކޮށް ތި ކަންތައް ކުރެއްވީ، އަޅުގަނޑެއް މެޑަމް ހަޑިކޮށް ކަންތަކެއް ނުކުރަން“

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި  ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ ދެއްކި ވާހަކަތަކަށް ކަމަށް ބުނެ އޯޑިއޯއެއް އަނެއްކާވެސް ލީކް ކޮށްލައިފިއެވެ. 

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) އާއި އިތުރު ބަޔަކު ވާހަކަތަކެއް ދައްކާ ކަމަށް ބުނާ އޯޑިއޯތަކެއް ބައިބައިޔަށް ޓުވިޓާގައި ބަޔަކު ވަނީ މީގެކުރިން ލީކް ކޮށްލާފަ އެވެ. އެއިން ދެ އޯޑިއޯއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން އެ މީހަކު ވާހަކަ ދައްކާފައިވެ އެވެ. އެއީ ވަރަށް ބޭއަދަބީ ބަސްތަކެއް ބޭނުން ކޮށްގެން މިނިސްޓަރ ނަހުލާއާއި ބެހޭ ގޮތުން ވާހަކަ ދައްކާ އަޑު އިވޭ އޯޑިއޯތަކެކެވެ. 

”ލީކްސް“ގެ ނަމުގައި ޓްވިޓާ އެކައުންޓެއް ހަދައި، މިނިސްޓަރެއް ބޭޒާރުކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެޕިސޯޑްތަކަކަށް ބަހާލައިގެން ލީޚް ކުރަމުންދާ އޯޑިއޯތަކުގެ ތެރެއިން އާދީއްތަ ދުވަހުގެ ރޭ ލީކް ކޮށްލި އޯޑިއޯއަކީ މީގެކުރިން ލީކް ކޮށްލި އޯޑިއޯތަކުގައި މިނިސްޓަރ އަލީ ވަހީދު ކަމަށް ބެލެވޭ މީހާ މިނިސްޓަރ ނަހުލާއާއި ގުޅޭ ގޮތުން ދެއްކެވި ވާހަތަކާއި ގުޅިގެން ނުރުހުން ފާޅުކޮށް ވާހަކަ ދައްކާ އަޑުއިވޭ އޯޑިއޯއެކެވެ. 

އެގޮތުން ރޭ ލީކުކޮށްލި އޯޑިއޯގައި މިނިސްޓަރު ނަހުލާ ވަނީ އަލީ ވަހީދަށް އަމާޒުކޮށް ”ކަންތައް ތި ކުރެއްވީ ވަރަށް ހަޑިކޮށް“ ކަމަށް ވިދާޅުވެފައެވެ. އޭގެ ޖަވާބުގައި އަލީ ވަހީދު ވިދާޅުވެފައިވަނީ ”އަޅުގަނޑެއް މެޑަމް އަދި ހަޑިކޮށް ކަމެއް“ ނުކުރައްވަން ކަމަށެވެ.

ނަމަވެސް ނަހުލާ ވަނީ އެކަމަނާ އަށް ގުޅައި ސްޕީކަރަށްލުމަށްފަހު ރައްޓެހިން ބައިތިއްބައިގެން ވާހަކަ ދައްކާފައި ކަންތައް ކުރީ ހަޑިކޮށް ނޫން ކަމަށް ވިދާޅުވުމުން އެކަން ގަބޫލުކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ފޯނު ކަނޑާލުމަށްފަހު އަލީ ވަހީދު ދެއްކި ”ހުތުރު“ ވާހަކަތަކާ މެދުވެސް ހިތްހަމަނުޖެހުން ފާޅުކޮށް، ނަހުލާ ވަނީ އެހެން ބުނެގެން ވެސް ނުވާނެ ނޫންތޯ ވިދާޅުވެފައެވެ.

މިނިސްތަރ ނަހުލާ ކަމަށް ބެލެވޭ މީހާގެ އެ ވާހަތަކަށް ޖަވާބް ދެއްވަމުން އަލީ ވަހީދު ކަމަށް ބެލެވޭ މީހާ ވިދާޅުވަނީ އެއީ އެޑިޓުކޮށްފައި ހުރި އެއްޗެހި ކަމަށެވެ. ނަމަވެސް ނަހުލާ ވަނީ އެއީ ރަނގަޅު ކޯލެއް ކަމަށް ވިދާޅުވެފައެވެ.  އަދި  އޭނާގެ މައްސަލައަކީ އެހެން ބަޔަކު ތިއްބާ ސްޕީކަރަށް ލައިގެން ވާހަކަ ދެއްކުން ކަމަށް ނަހުލާ ކަމަށް ބެލެވޭ މީހާ ވިދާޅުވެއެވެ. 

މިނިސްޓަރު އަލީ ވަހީދު އެހެން ބަޔަކާއެކު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކު ކޮށްލާފައިވާއިރު، އެއިން އޯޑިއޯތަކެއްގައި މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކުގެ މައްސަލަ ބައްލަވައި ދެއްވުމަށް އެކަމަނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

މި އޯޑިއޯތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ މިނިސްޓަރުންނަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު އެއިން މިނިސްޓަރަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކައެއްގެ މައްސަލަ ބަލަން ރައީސްގެ އަރިހުގައި އަދި ދަންނަވާފައެއް ނުވެ އެވެ. އަދި ލީކް ކޮށްފައިވާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި އެ އޯޑިއޯތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ވެސް މިނިސްޓަރ އަލީ ވަހީދު ވަނީ ގޮވާލައްވާފައެވެ.

ލީކް ކުރަމުންދާ އޯޑިއޯތަކުގެ މައްސަލަ ތަހުގީގު ކުރުމަށް މިޖިސްޓަރ އަލީ ވަހީދު ގޮވާލައްވާފައިވާއިރު ލީކް ކޮށްފައިވާ އޯޑިއޯތަކުގައި ޖިނާއީ ބައެއް ކަހަލަ މައްސަލަތަކަށް މަގުފަހުވާ ވާހަތަކާއި އަދި ޖިންސީ ފުރައްސާރައިގެ ވާހަތައް އެކުލެވޭތީ ފުލުހުން ދަނީ ލީކްކޮށްފައިވާ އޯޑިއޯތަކުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: