ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއާރްޕީ އޮތީ އެމްޑީޕީ ނަގާ ކޮޅަށް ޖަހަން ތައްޔާރަށް: ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ފެންނަމުން ދަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ދަށްވަމުންދާ މަންޒަރު ކަމަށާއި އެހެން ކަމުން ޑީއާރްޕީ އޮތީ އެމްޑީޕީ ނަގާ ކޮޅަށް ޖަހަން ތައްޔާރަށް ކަމަށް ޑިއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއިއެކު ކަކުލާއި ކަކޫ ޖައްސަވައިގެން މަސައްކަތް ކުރއްވަން ތައްޔާރަށް ކަމަށާއި އެގޮތުން އެމްޑީޕީ އަލުން ނަގާ ކޮޅަށް ޖަހާ ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޑީއާރްޕީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ އެމްޑީޕީއަކީ ވެސް އެކަނި މަސައްކަތް ކުރެވޭނެ ޕާޓީއެއް ނޫން ކަމަށާއި އެހެން ކަމުން އެމްޑީޕީ ވެސް ކުރިއަށް ދާން ވަނީ ޑީއާރްޕީއާއިއެކު ކަމަށް ޖާބިރު ވިދާޅުވިއެވެ. 

މީގެއިތުރުން ޖާބިރު ވިދާޅުވީ ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަސް އޭނާގެ ފުރހމަ ައެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށާއި އެހެން މަުން އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ. 

އެމްޑީޕީ ދަށަށްދާ ކަމަށް ޑީއާރްޕީގެ ލީޑަރ ޖާބިރު ވިދާޅުވެފައި މިވަނީ މި މަހުގެ21 ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗިންގ ޖަލްސާއަށް މަދަބަޔަކު ހާޒިވުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒްވެފައި ވަނިކޮށެވެ. އަދި އެމްޑީޕީގެ ޖަލްސާއަށް މަދުން މީހުން ހާޒިރުވިކަން އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ. 

އެގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީން ޖަލްސާ އަށް މީހުން މަދުވުމުގައި ދައްކާނެ ބަހަނާއެއް ނެތް ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ޖަލްސާއަށް ދިޔަ މީހުންގެ އަދަދު މަދުވެގެންދިޔައީ ރައްޔިތުންގެ އުއްމީދުތަކުގައި މި ސަރުކާރަށް ކުލަ ޖައްސައި ނުދެވުމުން ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ އެ ޕާޓީގެ ކެންޑިޑޭޓުންނާ ރައްޔިތުން މަޝްވަރާކޮށް، މައްސަލަތައް ސަރުކާރާ ހަމައަށް ގެންގޮސް އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާއަށް މީހުން ނުދިޔަ އެންމެބޮޑު އެއް ސަބަބެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 7،000 މީހުންގެ ނަމަށް ވާނެ ގޮތް ސާފުނުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: