ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ މީހުން އެއްވެ ހަރަކާތްތައް ނުހިންގަން އެޗްޕީއޭއިން އެންގުމުން ޕީޕީއެމުން ކަންބޮޑުވެއްޖެ

ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުވަސްވަރު ހަލުވި ކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ގިނަ މީހުން އެއްވެ ހަރަކާތްތައް ނުހިންގަން ހެލްތް އެޗްޕީއޭއިން އެންގުމުން ޕީޕީއެމުން ކަންބޮޑުވެއްޖެއެވެ. 

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުމުގެ ބިރު ނެތްކަމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ބުނުމަށް ފަހު، އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް ރައްޔިތުންނަށް ހިއްސާ ކުރެއްވުމެއް ނެތި، ކުއްލިއަކަށް އެވައިރަސް ރާއްޖޭގައި ފެތުރިދާނެކަމުގެ ބިރު އޮތްކަން ދޭހަވާ ފަދަ ގޮތަކަށް ބަޔާނެއް ނެރުމުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އޭގެ އިތުރުން ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސް ކުރުމުން އެކަމުން ދޭހަވަނީ ރާއްޖޭގައި އެބަލި ފެތުރުމުގެ ބިރު އިންތިހާއަށް އޮތްކަން ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ. ނަމަވެސް މިކަމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް މިންވަރަކަށް އަޅުއްވާފައި ނުވާކަމަށާއި އެކަމަށް އެއްވެސް މިންވަރަކަށް ރައްޔިތުން ހޭލުންތެރި ކުރުވާފައި ނުވާކަމަށެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިން ވެސް ކޮރޯނާ ވައިރަސްގެ ބަލި ފެނި، އެ ގައުމުތަކުގައި އެ ބަލި ފެތުރެމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަތް ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލު ކަން ދިނުމަށެވެ. އެއީ ޖަޕާން، ސިންގަޕޫރު، ހޮންގް ކޮންގް، ސައުތު ކޮރެއާ، ތައިލެންޑް، އިރާން، އަދި އިޓަލީ އެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން، ދަތުރު ކުރާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދު ދެނެގަތުމަށާއި އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރުމުގައި ސަމާލު ވުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: