ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ޔާމީނާއި ބައްދަލު ކުރައްވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލު ކުރައްވައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ވާގޮތުން ރައީސް ޔާމީނާއި އިމްރާން ބައްދަލު ކުރެއްވީ މާފުށީ ޖަލުގައެވެ. މި ބައްދަލުވުމަކީ ޖަލުގެ އާންމު ޙާލަތު ބައްދަލަވާ ލެއްވުމަށް މިނިސްޓަރ އިމްރާންގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު  ޖަލަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ކުރިއަށް ދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އިމްރާންވަނީ، ރައީސް ޔާމީންގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފައި ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.  ރައީސް ޔާމިނާއި އިމްރާން ބައްދަލު ކުރެއްވި އިރު، އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތެއްވެސް މިއަދު އޮތެވެ.

މިއަދު އޮތް އިސްތިއުނާފުގެ ޝަރީއަތުގައި، މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ނިންމާފައިވާ ނިންމުން މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.

އިމްރާނާއި ރައީސް ޔާމީން ބައްދަލު ކުރެއްވި އިރު، މީގެ ކުރިން އެމަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައި އެވެ. އެގޮތުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރު ނަފުސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: