ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަވެސް ޖަހައިފިން“ ނަމުގައި ހިމަބިހި ވެކްސިން ކެމްޕޭނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ނައްތާލާފައިވާ ހިމަބިހި ރާއްޖެއިން އަލުން ފެނުމާއި ގުޅިގެން ބަލިން ރައްކާތެރިވުމަށް އަޅަމުން ދާ ފިޔަވަޅުތަކުގެ ދަށުން، ”މަވެސް ޖަހައިފިން“ ނަމުގައި ހިމަބިހި ވެކްސިން ކެމްޕޭނެއް ފަށައިފި އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސްއެއް ވަނީ ފެނިފައެވެ. ހިމަބިހި މިފަހުން ރާއްޖޭގައި ފެތުރެން ފެށިފަހުން މިހާތަނަށް 12 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މި ކެމްޕޭން ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި ކެމްޕޭން ފަށާފައިވަނީ އަމީނިއްޔާ ސްކޫލުގައެވެ. ކެމްޕެއިންގައި ހަ މަހާއި 18 މަހާ ދެމެދުގެ ތުއްތު ކުދިންނަށް އެމްއާރް ވެކްސިންގެ އިތުރު ޑޯޒް ދޭނެއެވެ. އަދި 18 މަހާއި 40 އަހަރާ ދެމެދުގެ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތަކަށް ވެކްސިން ޖަހާނެ އެވެ.

ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ޖަހާފައިވާ ކަމުގެ ޔަގީންކަން ނެތް، އުމުރުން 40 އަހަރުން ދަށުގެ އެންމެންނަށް އެ ވެކްސިން ދޭން ވެސް ހެލްތް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އުމުރުން 40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން ދޭން ނިންމީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ކެމްޕެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް ހެލްތުން ބުނެއެވެ. ވެކްސިން ދިނުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވަނީ ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރުމަށް އާއްމުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ވެކްސިން ޖެހުމުގެ މަސައްކަތުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށާއި ކުޑަކުދިންނަށާއި ހިމަބިހި ޖެހިފައިވާ މީހުން ދިރިއުޅޭ ސަރަހައްދުގައި އުޅޭ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީފައި ވެ އެވެ. މިހާތަނަށް 10،000 އަށް ވުރެ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އަދި، 3000 އަށް ވުރެ ގިނަ މީހުންނަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު އެއްލަކަ ތިރީސް ހަތަރު ހާސް މީހުން މަރުވާ މީސްލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާންއެވެ. މި ދެ ގައުމަކީ ވެސް 2020 ވަނަ އަހަރުގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ. ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެެވެ. އަދި ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: