ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން ޖަލަށްލުން އެއީ ހެދި ބޮޑު ގޯހެއް: ޙުސްނުއްސުޢޫދު

ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

’އަދަދު‘ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓަރީއާ ގުޅިގެން އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކުރި ހުކުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އެކަން ކުށްވެރިކުރައްވައިފިއެވެ.

މި މައްސަލަ ފެށިގެން އައީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ނެރުނު ”އައިޝާ“ ޑޮކިއުމެންޓަރީއާ ގުޅިގެންނެވެ.

އެ ޑޮކިއުމެންޓަރީއާ ގުޅިގެން ދައުލަތުން އެ ނޫހުގެ އެޑިޓަރުންނަށް ދައުވާކޮށްފައިވާއިރު، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ 15 ދުވަހަށް ޖަލަށް ލާފައިވާކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން ވެސް ވަނީ ޖަލަށް ލާފައެވެ.

މިކަމާ ގުޅިގެން ޙުސްނުއްސުޢޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސައްކަތުގެ ޒިންމާ އަދާކުރުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު އެ ދެ ނޫސްވެރިންގެ ހިތްވަރު ފާހަގަކުރައްވާ ކަމަށެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އެ ދެ ނޫސްވެރިން ޖަލަށްލުމަކީ ހެދި ބޮޑު ގޯހެއް ކަމަށާއި، އެއީ ޖަވާބުދާރީކުރުވުމުގެ އުސޫލުތަކާއި ޑިމޮކްރެޓިކް ހާމަކަންބޮޑު ސިފަތަކަށް އުނިކަން ލިބިގެންދިޔަ ކަމެއް ކަމަށްވެސް ސޫދު ވިދާޅުވިއެވެ.

”ނޫސްވެރިކަމަކީ ކުށެއް ނޫން. މިނިވަން މުޖުތަމައެއްގެ ބިންގަލަކީ، އުނދަގޫ ހާލަތްތަކުގައިވެސް ހަގީގަތާ ހަމައަށް ވާސިލުވުމަށް މަސައްކަތްކޮށް، ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކުރުވުމަށް ކެރިގެން ސުވާލުކުރާ ހިތްވަރުގަދަ ނޫސްވެރިން،“ ސުޢޫދު ވިދާޅުވިއެވެ.

ސޫދު ފާހަގަކުރެއްވި ގޮތުގައި، ފާޑުކިޔުމާއި ހަބަރު ފެތުރުމަކީ ބަދަލުހިފުމުގެ އަމަލުތަކުން ރައްދު ދޭންޖެހޭނެ ކަންކަމެއް ނޫނެވެ.

މި ހާދިސާއަކީ އިބުރަތަކަށް ވާންޖެހޭ ކަމެއް ކަމަށާއި، މިނިވަން އަދި ބިރުކުޑަ ނޫސްވެރިކަމެއްގެ ސަބަބުން ޑިމޮކްރަސީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ސޫދު ވިދާޅުވެ،

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: