ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު އަމުރުތަކާ ހިލާފުވުމަކީ ނޫސްވެރިކަމެއް ނޫން، އެއީ ކުށެއް: މުހައްމަދު އިސްމާއިލް

ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް - ފޮޓޯ: މުހައްމަދު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިކަމުގެ ނަމުގައި ހިތުހުރި ގޮތަކަށް ދޮގު ފެތުރުމާއި ކޯޓު އަމުރުތަކަށް ގޮންޖެހުމަކީ ގާނޫނީ ދުސްތޫރީ ހަމަތަކާ ހިލާފު ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މެމްބަރު މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ، ’އަދަދު‘ ނޫހުން މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު ނެރުނު ’އައިޝާ‘ ޑޮކިއުމެންޓަރީއާ ގުޅިގެން އެ ނޫހުގެ ބައެއް ނޫސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާގެ ޕޯސްޓުގައި ސުވާލު އުފައްދަވާފައިވަނީ، ނޫސްވެރިކަމަކީ ހިތުހުރި ގޮތަކަށް، ދޮގުތެދު ބެލުމެއް ނެތި މީހުންގެ އަބުރަށް އަރައިގަތުންތޯއެވެ. އަދި އެއީ ނޫސްވެރިކަން ކަމަށްވާނަމަ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަނެކާގެ ހައްގުތަކަށް ވާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

މެމްބަރު މުހައްމަދު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓް

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ފެންނަމުންދާ ކަންކަމަކީ ގާނޫނީ އަދި ދުސްތޫރީ ހަމައަކުން ކުރަމުންދާ ކަންކަމެއް ނޫނެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ’އައިޝާ‘ ޑޮކިއުމެންޓަރީއާ ގުޅިގެން ދައުލަތުން ވަނީ އެ ނޫހުގެ އެޑިޓަރުންގެ މައްޗަށް ދައުވާ އުފުލާފައެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ސީދާކޮށްނާއި ނުސީދާކޮށް ވާހަކަ ނުދެއްކުމަށް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

ނަމަވެސް، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ އެ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. މީގެ އިތުރުން އެ ނޫހުގެ ލީވާން ވެސް ވަނީ 10 ދުވަހަށް ޖަލަށް ލާފައެވެ.

މެމްބަރު މުހައްމަދު އިސްމާއިލްގެ މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ގާނޫނީ އިމުން ބޭރުވެ ކޯޓުތަކުގެ ހުރުމަތް ކަނޑަމުންދާ ކަމަށް ބުނެ ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: