ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ތިން ރައީސުން އެކުގައި ޤައުމު ސަލާމަތްކުރަން ނިކުންނަންވީ ވަގުތު: ފައްޔާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ތިން ރައީސުން އެކުގައި ޤައުމު ސަލާމަތްކުރަން ނިކުންނެވުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ގޮވާލައްވައިފިއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިހާރުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ލީޑަރުން އެކަތިގަނޑަކަށް ވުމަށް ބާރުއަޅުއްވަމުންނެވެ.

ފައްޔާޒު ވިދާޅުވީ، ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށެވެ. މިއީ އިދިކޮޅު ލީޑަރުން، އަދި ވަކިން ހާއްސަކޮށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް އެކުގައި ނިކުންނަވާ ޤައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުން ތިބީ އެ ތިން ރައީސުންނާ އެކު ކަމަށާއި، މި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ތައްޔާރަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ’އަދަދު‘ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޒާނާއި ލީވާން ޢަލީ ނާސިރު ބަންދުކުރި ކުރުމަށް އިޝާރާތްކުރައްވައި، އެ ދެ ނޫސްވެރިން މިނިވަންކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް އެކުގައި މަސައްކަތްކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފައްޔާޒު ވިދާޅުވީ، ރައީސް މުއިއްޒު މުޅި ދައުލަތް ހިސޯރުކޮށްގެން އުޅުއްވާ ކަމަށާއި، އެމަނިކުފާނު ރައީސްކަމުގެ ހުވަޔާ ޚިލާފުވެ ބުއްދި ފިލައި ގޮސްފައިވާ ކަމަށެވެ.

ފައްޔާޒުގެ މި ގޮވާލުމާ ގުޅޭގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ރޭ ސްރީލަންކާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. ނަޝީދު ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ބޭނުމަކީ ރައްޔިތުންނަށް އަލުން ހައްގުތައް ހޯދައިދިނުން ކަމަށާއި، ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ބަދަލުވި ގޮތަށް ރައީސް މުއިއްޒުގެ ވެރިކަންވެސް ބަދަލުކުރައްވާނެ ކަމަށެވެ.

މި ހަމަނުޖެހުންތައް ބޮޑުވެފައިވަނީ ’އަދަދު‘ ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ޤަޛްފުގެ ދައުވާތަކާ ގުޅިގެން ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިއަކު ޖަލަށް ލުމާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: