ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން ޖަލަށްލުން ބަލައިނުގަނެވޭނެ، އެއީ ބިރުވެރި ކަމެއްގެ ފެށުމެއް: ޑރ ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

’އަދަދު‘ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ކަމެއްގެ ފެށުމެއްގެ ގޮތުގައި ސިފަކުރައްވައި، އެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.

ނޫސްވެރިން ޖަލަށްލީ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން މިފަދަ ގޮތަކަށް ޙުކުމް ކުރަން ފެށުމަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލަ އުފެދުނީ ’އަދަދު‘ ނޫހުން މާޗް 28 ގައި އާންމުކުރި ’އައިޝާ‘ ޑޮކިއުމެންޓަރީއާ ގުޅިގެންނެވެ.  އެ ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ކޯޓުން ވަނީ އެ މައްސަލައިގައި ޚަބަރު ފެތުރުން މަނާކޮށް ”ގޭގް އޯޑަރ“ އެއް ނެރެފައެވެ. އެ އަމުރާ ޚިލާފުވި ކަމަށް ބަލައި ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން 15 ދުވަހަށް އަދި ލީވާން ޢަލީ ނާޞިރު 10 ދުވަހަށް ޖަލަށްލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: