ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ގަޑިތައް އާންމުކޮށްފި

ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހިރާއްޖެއިން ދާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ގަޑިތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު އިއުލާންކޮށްފިއެވެ. ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިން ގައެވެ. އަދި ބާކީ 50 އިންސައްތަ ޙައްޖާޖީން އުފުލުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައެވެ.

ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ތާވަލަށް ބަލާއިރު، ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހުގެ 15:25 ގައެވެ. ދެވަނަ ފްލައިޓް 17 މޭ ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 19:10 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ފްލައިޓް ފުރާނީ 18 މޭ ވާ ހޯމަ ދުވަހުގެ ހަވީރު 15:25 ގައެވެ. އަދި އެންމެ ފަހު ފްލައިޓް ފުރުމަށް ތާވަލުކޮށްފައިވަނީ 19 މޭ ވާ އަންގާރަ ދުވަހުގެ ރޭ 21:45 ގައެވެ.

މީގެ ތެރެއިން ސައުދީ އެއާލައިންގެ ދަތުރުތައް ކުރާނީ މެއި 15 އަދި 18 ވަނަ ދުވަހުއެވެ. އަދި މެއި 17 އަދި 19 ވަނަ ދުވަހުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ.

މިއަހަރުގެ ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން ސައުދީގެ ”މައްކާ ރޫޓު އިނިޝިއޭޓިވް“ ގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ސައުދީގެ 18 ބޭފުޅުންގެ ވަފުދެއް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނީ ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ޙައްޖު މިޝަންގެ ފަރާތުން މިހާރު އަންނަނީ ޙައްޖާޖީން މައްކާއަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ޙާޖީން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތައް ބަލައި، އިންތިޒާމުތައް ފުރިހަމަކުރުމުގެ މަސައްކަތް އެ މިޝަނުން ވަނީ ކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: