ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

1447 ވަނަ އަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ފުރާ ހައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.

މި އިންތިޒާމުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހައްޖާޖީންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދެއްވާ އިސްކަމުގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ހަމަޖައްސާފައިވާ އިންތިޒާމުތަކެކެވެ.

ފޮޓޯ: އެމްއޭސީއެލް

މި އަހަރު ރާއްޖެއިން ފުރާ ހައްޖާޖީން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދެ ފްލައިޓަކާއި ސައުދިއާގެ ދެ ފްލައިޓެއްގައެވެ. މި ހުރިހާ ފްލައިޓްތަކަކުން ފުރާ ހައްޖާޖީންނަށްވެސް ”މައްކާ ރޫޓް އިނިޝިއޭޓިވް“ ގެ ދަށުން ހާއްސަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.

މީގެ ތެރެއިން 15 މޭ 2026 ވާ ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ ސައުދިއާގެ ފުރަތަމަ ފްލައިޓެވެ. މި ފްލައިޓުން 242 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ހައްޖާޖީން ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ. އަދި ހުކުރު ދުވަހު ފުރާ ހައްޖާޖީންނަށް ހުކުރު ނަމާދު ކުރުމުގެ އިންތިޒާމު، އެހެން އަހަރުތަކެކޭވެސް އެއްފަދައިން އެއަރޕޯޓުގެ ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ވަނީ ހަމަޖައްސާފައެވެ.

ފޮޓޯ: އެމްއޭސީއެލް

މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ފުރާ ހައްޖާޖީންގެ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ޑްރޮޕް-އޮފް ސަރަޙައްދަށެވެ. އަދި އެ ދުވަސްތަކުގައި ހައްޖާޖީން މަޑުކޮށްގެން ތިބުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.

ހައްޖާޖީން ފުރުމުގެ އެންމެހާ ކަންކަން ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އެއަރޕޯޓުގެ ގިނަ އަދަދެއްގެ އޮފިޝަލުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ. އެ ކުންފުނީގެ އަމާޒަކީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ފަރާތްތަކަށް އެއަރޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: