ކުޑަކުދިންގެ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން، ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއަރ ހޮސްޕިޓަލުން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.
މި ކެމްޕޭނުގެ ދަށުން އައިކެއަރއިން ވަނީ ”ބްރައިޓް އައިސް – ބޭސިކް“ އަދި ”ބްރައިޓް އައިސް – އެޑްވާންސް“ ގެ ނަމުގައި ދެ ޕެކޭޖެއް ތައާރަފްކޮށްފައެވެ. މި ޕެކޭޖުތަކުން އިންޝުއަރެންސް ކެނޑުމަށްފަހު ދައްކަންޖެހޭ ފައިސާއިން 30 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
ތައާރަފްކުރި ޕެކޭޖުތަކުގެ ތަފްސީލް
ބްރައިޓް އައިސް – ބޭސިކް ޕެކޭޖް:
- ލޮލުގެ ފެނުން ޓެސްޓުކުރުން
- ލޮލުގެ ނަންބަރު ބެލުން
- ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުން
ބްރައިޓް އައިސް – އެޑްވާންސް ޕެކޭޖް:
- ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުން
- ލޮލުގެ ފެނުން ޓެސްޓުކުރުން
- ލޮލުގެ ނަންބަރު ބެލުން
- ކޯނިއަލް ޓޮޕޮގްރަފީ
- ފަންޑަސް ފޮޓޯގްރަފީ
މި ކެމްޕޭނާ ގުޅޭގޮތުން އައިކެއަރއިން ބުނީ، މި ފުރުސަތަކީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބެލެނިވެރިންނަށް ބާރުއެޅުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ. ހާއްސަކޮށް މިހާރަކަށް އައިސް ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމާއި ކިޔެވުމުގެ ކަންކަމުގައި ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
އައިކެއަރއިން އިތުރަށް ބުނިގޮތުގައި، ގިނަ ކުދިންނަށް ލޮލުގެ ފެނުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަން ސާފުކޮށް ބުނެދޭން ނޭނގިދާނެއެވެ. މީގެ ސަބަބުން ކުއްޖާގެ އުނގެނުމަށާއި ކަންކަމަށް ސަމާލުކަން ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. އެހެންކަމުން، މި ޕެކޭޖުތަކުގެ އެހީގައި ބެލެނިވެރިންނަށް ކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދީ، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވާނެއެވެ.
މި ޕެކޭޖުތައް ހާއްސަކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި މި ޕެކޭޖުތަކުގެ ދަށުން ފަރުވާ ދެއްވާނީ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރުންނެވެ. މި ޕްރޮމޯޝަން 10 މެއި 2026 އިން ފެށިގެން ވަކި މުއްދަތަކަށް ކުރިއަށްދާނެއެވެ.
މި ޕެކޭޖުތަކުގެ ދަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރިން އެޕޮއިންޓްމަންޓް ހެއްދުމަށް އައިކެއަރއިން އިލްތިމާސްކުރެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް އައިކެއަރގެ ވައިބަރ ނުވަތަ ވަޓްސްއެޕް ނަންބަރު 7201026 އަށް މެސެޖު ކުރެއްވުމުން ނުވަތަ އެ ހޮސްޕިޓަލުގެ ވެބްސައިޓް www.eyecare.mv މެދުވެރިކޮށް ފުރުސަތު އޮންނާނެއެވެ.

