ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޟްހާ އީދާ ދިމާކޮށް 9 ދުވަހުގެ ބަންދެއް!

ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2026 ވަނަ އަހަރުގެ އަޟްހާ އީދާ ގުޅިގެން، މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، 1447 ވަނަ އަހަރުގެ އަޟްހާ އީދުގެ ބަންދާ ގުޅިގެން، ސަރުކާރު މުވައްޒަފުންނަށް އެ މީހުންގެ އާއިލާތަކާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ މަޤްސަދުގައެވެ. މި ނިންމެވުމާއެކު، ހަފުތާ ބަންދުގެ ދުވަސްތަކާއި އީދު ބަންދުގެ ދުވަސްތައް ހިމެނޭހެން، މުވައްޒަފުންނަށް މެދުނުކެނޑި 9 ދުވަހުގެ ބަންދެއް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބަދަލާއެކު އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ. މިއީ މިހާރުވެސް ކަލަންޑަރުގައި ބަންދު ދުވަސްތައް ކަނޑައެޅިފައިވާ ގޮތުގެ މަތިންނެވެ.

މި ނިންމެވުމުގެ ސަބަބުން، އީދުގެ އުފާ ފާޅުކުރުމަށާއި، ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް އާއިލީ ގުޅުން ބަދަހިކުރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: