ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރަނީ

ހަލެތު މިނިސްޓަރު އަބްދުﷲ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރާނެ ކަމަށް ހަލެތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ އަށް ހާޒިރުވެވަޑައިގެން، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތްކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުންތަކެއް ވަނީ މިނިސްޓަރަށް ސުވާލުތައް ކުރިމަތިކުރައްވާފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޖުމުލަކޮށް މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ހުރިހާ ރަށަކަށް ވެސް އެމްބިއުލާންސް ހަމަކުރުމުގެ މަސައްކަތްކުރެވިގެން ދިޔަ ކަމަށެވެ. ނަމަވެސް ބަޖެޓުގެ ދަތިކަން ހުރުމުންނާއި އަދި އެ ނޫންވެސް ސަބަބުތަކާއި ހުރެ، އެކަން ވާ ގޮތް ނުވީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ބަޖެޓުގެ ދަތިކަން ހުރި ކަމީ ހަގީގަތް ކަމަށެވެ. ނަމަވެސް، އެހެނިހެން ގޮތްގޮތުން ވިޔަސް މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ގައުމީ އެމްބިއުލާންސް ވިއުގައެެއް ގާއިމްކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 25 ރަށަކަށް މިދިޔަ އަހަރު ވަނީ އެމްބިއުލާންސް ހަވާލުކޮށްފައެވެ.

އެކަމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވި ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް ހުރީ ރަނގަޅަށް ހިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: