ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓެންޓެއް ހޯދަނީ

ފިނޭންސް މިނިސްޓްރީގެ އިމާރާތް -- އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ފިނޭންސް މިނިސްޓްރީން އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓެންޓެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެގޮތުން، ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ މިނިސްޓްރީގެ ފިސްކަލް އެފެޔާސް ޑިޕާޓްމެންޓްގެ ދަށުން “އިކޮނޮމިކް އެންޑް އެކްސްޕެންޑިޗާ” ޕޮލިސީ ޔުނިޓެއް ގާއިމްކޮށް ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދަން ކަމާގުޅޭ ތަޖުރިބާކާރެއް ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 3 ގެ ކުރިން “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” ފޮނުވުމަށް ވަނީ އެދޭ ކަމަށެވެ.

ސަރުކާރުގެ ހަރަދުތައް މެނޭޖް ކުރުމަށް ހާއްސަ ކޮންސަލްޓެންޓެއް ހޯދާއިރު ކޮރޯނާ ވައިރަހާ ގުޅިގެން ލިބެމުންދާ މާލީ ގެއްލުންތަކުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން މުވައްޒަފުންނަށް ކުރާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތަކާއި ދަތުރުފަތުރުގެ ހަރަދުތަކާއި އިދާރީ ހިންގުމުގެ ހަރަދުތަކާއި މަރާމާތާއި ބެލެހެއްޓުމުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައިވެ އެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ހަރަދުތައް ކުޑަ ކުރަން ވަނީ އަންގައިފަ އެވެ.

ދިވެހިރާއްޖެއަކީ ޚަރަދު ބޮޑު ޤައުމެކެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓަކީ 37 ބިލިއަން ރުފިޔާ ކަމުގައިވާއިރު މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: