ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނުގެ ރައްދު: ފެންނަމުންދާ މަންޒަރަކީ މަޖިލީހުން ވަޒީރުންނަށް ނުފޫޒް ފޯރުވާ، މަޖިލީހާއި ސަރުކާރުން ޝަރުއީ ދާއިރާއަށް އަތްބާނާ މަންޒަރު

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން މިހާރު ފެންނަމުންދާ މަންޒަރަކީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ނުފޫޒް ފޯރުވައި އަދި މަޖިލީހާއި ސަރުކާރުން ޝަރުއީ ދާއިރާއަށް އަތްބާނާ މަންޒަރު ކަމަށް ސަރުކާރާއި އިދިކޮޅު ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވައި އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބްދާރީވެވަދައިގަންނަވަމުން ސަލީމް ވިދާޅުވީ މަޖިލީހުން ސީދާ ގޮތެއްގައި ސަރުކާރުގެ ވަޒީރުންނަށް ނުފޫޒް ފޯރުވައި އިރާޝާދުދޭ ދިނުމަކީ އެހެން ބާރުތަކުން ސަރުކާރުގެ ހިންގުމުގެ ތެތެއަށް ވަންނަމުންދާ ކަމުގެ ހެކި ކަމަށެވެ. އަދި އެއީ ތިން ބާރުވަކިކުރެވިފައިވާ ނިޒާމެއްގައި ކަން ހިނގައިގެންވާނެ ގޮތެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެން ބާރުތަކުން ސަރުކާރުގެ ހިންގުމުގެ ތެރެއަށް ވަނުމަށް މަގިފަހިވީ ސަރުކާރުގެ ހިންގުން ދޯދިޔާވެ ސަރުކާރަށް ގާނޫނީ ވާޖިބް އަދާނުކުރެވުމުގެ ސަބަބުން ކަމަށް ސަލީމް ވިދާޅުވިއެވެ. 

ސަލީމް ވިދާޅުވީ މަޖިލީޙުން ސަރުކާރުގެ ވަޒީރުންނަށް ނުފޫޒް ފޯރުވައި ސަރުކާރުން ޝަރުއީ ދާއިރާއަށް އަތްބާނާ އަދި ސަރުކާރުގެ ހިންގުން ދޯދިޔާވެ ސަރުކާރަށް ސަރުކާރުގެ ގާނޫނީ ވަޖީބް އަދާ ނުކުރެވުމުގެ ނަތީޖާއަށް ވެގެން ގޮސްފައި ވަނީ ދައުލަތުގެ ތިން ބާރު ހިންގުން ފެއިލްވުން ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ދައުލަތުގެ ތިން ބާރު ފެއިލްވުމުގެ ނަތީޖާއަކަށް ވެގެން ދާނީ ދިވެހިރާއްޖޭގެ ފޫނުބެދޭ ވަރުގެ ގެއްލުމެއް ލިބިގެން ދިއުން ކަމަށާއި އެހެން ކަމުން ގާނޫނުއަސާސީން ރައީސުލްޖުމްހޫރީއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ދައުލަތުގެ ތިން ބާރު ވަކިކުރެވި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދުސްތޫރީ ވެރިކަމެއް ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. 

މީގެއިތުރުން ސަލީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ ނުހައްގުން އުފުލާފައިވާ ދައުވާއެއް ކަމަށާއި އަދި 2019 ވަނަ އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ރައީސް ޔާމީން ޖަލަށްލައި އަދި މިހާރު ޖަލަށް ހުކުމް ކޮށްފައި ވުމަކީ މި ސަރުކާރުން ދިވެހިރާއްޖެ ޑިމިކްރެސީއަށް ކުރާ ދަތުރުގައި ފަހަތަށް އެޅިފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް ސަލީމް ވަނީ ގޮވާލައްވާފައެވެ. އަދި ވިދާޅުވީ ޑިމޮކްރެސީއެއްގައި ސަރުކާރު ޖަވާންދާރީ ކުރުވުމަށް އެންމެ އިސް ދައުރަެއް އަދާކުރާ ފަރާތަކީ އިދިކޮޅު ސިޔާސީ ލީޑަރު ކަމަށާއި އެއީ އެހެން ކަމުން ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: