ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ނައިބް ރައީސް ޖިހާދު ދައުލަތުން ނުޙައްޤު މުއްސަނދިކަން ހޯދާފައިވާކަަމަށް ބުނެ، ބަދަލު ހޯދަން ދަޢުލަތުން ދައުވާ ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިޙާދު ދައުލަތުން ނުޙައްޤު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ ބަދަލު ހޯދަން ދަޢުވާ ކުރުން ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަލައިފިއެވެ. 

އެޓާނީ ޖެނަރަލް އޮފީހުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރަމުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިޙާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން “ރެހެންދި 3” ގެ 2 (ދޭއް) ފްލެޓް ހަމަޖައްސައިދިން ކަމަށެވެ.

ނަމަވެސް ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ ގެންދެވީ އެތަން ބޭނުން ކުރައްވަމުންން ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި ޖިހާދު އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގައި ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އެހެން ކަމުން ޤާނޫނީ ހައިޞިއްޔަތެއްނެތި ޢަބްދުﷲ ޖިޙާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ހުށަޅާފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: