ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުރު ކަތިލެވޭ ގޮތަށް ދައުލަތުން ދޮގު ހެނދުމުން ދެރަވެއްޖެ: ޖިހާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުން، އެމަނިކުފާނުގެ އަބުރު ކަތިލެވޭ ގޮތަށް އެހާ ބޮޑު ދޮގެއް ހަދައި ބަޔާނެއް ނެރުމުން ވަރަށް ދެރަވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖިހާދު އެގޮތަށް ވިދާޅުވެފައިވަނީ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ދޫކުރި ރެހެންދި ފްލެޓު ހުސްނުކުރެއްވި މައްސަލައިގައި އެއް މިލިއަން ރުފިޔާ ހޯދަން ދައުލަތުން ދައުވާކޮށް ބަންޑާރަ ނައިބު އޮފީހުން ނެރުނު ބަޔާނާއި ގުޅިގެންނެވެ.

އޮން ލައިން ނޫސް “މިހާރު” އަށް ޖިހާދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދައުލަތަށް 30 އަހަރު ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ނުކޮށް ދޮގު ހަދައި، އަބުރުކަތިލުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ.

ޖިހާދު ވިދާޅުވީ ދައުލަތަށް 30 އަހަރު ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ނުކޮށް ދޮގު ހަދައި، އަބުރުކަތިލުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ. އަދި އެކަން މާނަކުރެއްވެނީ، އިޚްލާސްތެރިކަމާ އެކު ދައުލަތަށް 30 އަހަރު ކޮށްދެއްވި ޚިދުމަތުގެ އަގު ހިތްދަތި ގޮތަކަށް ލިބިވަޑައިގަތުން ކަމަށް ޖިހާދު ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނާ މުއްދަތުގައި އެ ފުލެޓުގައި އެމަނިކުފާނުވެސް އަދި އާއިލާ ބޭފުޅަކުވެސް ދިރިއުޅެފައިނުވާ ކަމަށް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ރާއްޖޭގެ ނިސްބަތުން ކިތަންމެ އިސް މަގާމްތަކެއް ފުރުއްވާފައިވިޔަސް އެއްވެސް އިނާޔަތެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ކުޑަމިނުން ޕެންޝަން ވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

“އެހެންވީމަ ތަންކޮޅެއް ބޮޑުވަރު ދެއްތޯ އިލްޒާމް އެޅުވިޔަސް. އަޅުގަނޑަށް ދައުލަތުން ލިބުނު ފްލެޓެއް، ގޯއްޗެއް، ފަޅެއް، ރަށެއް ނޯންނާނެ. އަމިއްލަ ރަށުގައި ވެސް ނޯންނާނެ” ޖިހާދު

ޖިހާދު ވިދާޅުވީ އެތަނުގައި ދިރިނޫޅުނަސް ހައުސިން މިނިސްޓްރިއާ ތަޅުދަނޑި ހަވާލުނުކުރީ އެތަން ޙަވާލުކޮށްފައިވަނީ ރައީސް އޮފީހުން ކަމަށްވާތީ ކަމަށާއި ރައީސް އޮފީހުގެ ސިޓީއެއް ލިބިވަޑައިގަތުމުން އޭގައި ވާ ގޮތަށް މުލިއާގެއާ ތަޅުދަނޑި ހަވާލުކުރެއްވ ކަމަށެވެ.

ދައުލަތަށް 30 އަހަރު ޚިދުމަތްކޮށްދެއްވި ޖިހާދު ވަނީ ސަރުކާރުގެ މިނިސްޓްރީތަކުގެ އެކި މަގާމުތަކާއި ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމާއި ފިނޭންސް މިނިސްޓަރުގެ މަގާމުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރަކަށް ވެސް ކުރައްވާފައެވެ. ޖިހާދު ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ޖޫން 22، 2016 ގަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖިހާދުގެ މައްޗަށް ދައުވާކުރީ، ދައުލަތުގެ މުދަލެއް ނުހައްގު ގޮތުގައި ބޭނުންކުރައްވައި، ނުހައްގު މުއްސަނދިކަން ހޯއްދަވާފައިވާތީ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި “ރެހެންދި 3” ގެ 2 ފްލެޓް ހުސްކުރަން ޖިހާދަށް އެންގި ނަމަވެސް، އެ އަށް އަމަލު ނުކުރައްވައި، އެއް އަހަރާއި ތިން މަސް ވަންދެން އެމަނިކުފާނު އެ ތަން ބޭނުންކުރެއްވި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: