ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކަވަރު ކުރުމަށް ނޫސްވެރިންނަށް ބޮޑެތި ލުއިތަކެއް!

ކްރިމިނަލް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތައް ކަވަރު ކުރާ ނޫސްވެރިންނަށް އެ ކޯޓުގެ ފަރާތުން ލުއި ގޮތްތަކެއް ހަމަޖައްސައިދީ ޝަރީއަތުގެ މަޖލިސް އަޑުއަހަން މީޙުން ވެއްދުމުގައި އަމަލު ކުރާނެ އުސޫލް ކްރިމިނަލް ކޯޓުން އާންމުކޮށްފިއެވެ. 

ކްރިމިނަލް ކޯޓުން އަލަށް އަމަލު ކުރަން ފެށި އުސޫލްގެ ދަށުން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކަވަރު ކުރަންދާ ނޫސްވެރިން އެ ޝަރީއަތެއް ފެށުމުގެ ކުރިން ދެން ނަން ނޯޓް ކުރާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ކްރިމިނަލް ކޯޓުން ދޫކުރަނީ ކޮންމެ މީޑިއާއަކުން ވެސް ރަޖިސްޓްރީ ކުރާ ތިން ނޫސްވެރިންނަށް“ނޫސް ރިޕޯޓާ ކާޑް“ އެކެވެ. އެ ކާޑް އޮންނަ ނޫސްވެރިން ޝަރީއަތް ފަށާ ވަގުތަށް ކޯޓަށް ހާޒިރުވުމުން ޝަރީއަތް އަޑުއަހަން ވަނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

މި އުސޫލްގެ ދަށުން ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތްތަކަށް ވަންނަން ބޭނުންވާ ނޫސްވެރިން ރަޖިސްޓްރީ ކުރުމަށް ފަހު ދޫކުރާ ކާޑު ދެއްކުމަށް ފަހު އިތުރު ފޯމެއް ފުރަން ނުޖެހި ޝަރީއަތަށް ވަދެވޭނެއެވެ. އަދި ޝަރީއަތަށް މީހުން ވެއްދުމުގައި އިސްކަން ދޭނީ ދައުލަތުގެ ފަރާތުން ހާޒިރުވާ ފަރާތްތަކަށް ފަހު ނޫސްވެރިންނަށެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކަވަރު ކުރާ އެއްެވެސް ނޫސްވެރިއަކު ޝަރީއަތް ފެށުމުގެ 15 މިނިސްޓް ކުރިން ޝަރީއަތަށް ވަނުމަށްް ނަން ނޯޓް ކުރާކަށް ނުޖެހޭނެއެވެ. 

މީގެއިތުރުން ޝަރީއަތްތައް ކަވަރު ކުރާ ނޫސްވެރިންނަށް ފޮތް ފަންސަރު އަދި ގަލަން ވެސް ވެއްދޭނެއެވެ. މީގެކުރިން ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށްދާ ނޫސްވެރިންނަށް ކޯޓުންދޭ ފަންސަރުރާއި އޭފޯ ގަނޑެއްގެ އިތުރުން އެއްވެސް އެއްޗެއް ކޯޓް ރޫމަކަށް ނުވެއްދޭނެއެވެ. 

ކްރިމިނަލް ކޯޓުން ނޫސްވެރިންނަށް ހަމަޖައްސައިދިން ލުއިތަކަށް މަރުހަބާ ވިދާޅުވެ ޕްރޮސިކިޔުޓާ ޖެނަރަލް ހުސެން ޝަމީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއީ ރަނގަޅު ބަދަލެއް ކަމަށާއި އެހެން ކޯޓުތަކުން ވެސް މިފަދައިން ކަންކަން ބައްޓަން ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: