ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވާލު ކުރި މައްސަލައާއި ގުޅޭގޮތުން ޖަމީލު ދެއްވީ ދޮގު މައުލޫމާތު! ކުރަނީ ލޯންޑާރ ކުރުމާއި، ރިޝަވްތުގެ ތުހުމަތު!

ހުގީގަށް ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ވަގުތު - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރިކަމުގެ ދައުވާގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ހުކުމް އިއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ވާހަކަ ދޮގުކޮށް ރައީސް ޔާމީނާއި ސުވާލު ކުރެވުނު މައްސަލައިގެ ތަފްސީލުތައް ފުލުހުން ހާމަކޮށްފިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދަނީ ކޮން ތަހުގީގުތަކެއް ޖަމީލުވެސް ތަފްސީލުކޮށް ނުދެއްވައެވެ. އެހެން ނަމަވެސް ވިދާޅުވީ ސުވާލުކޮށްފައިވަނީ ”މިހާރުވެސް ހިނގަމުންދާ މައްސަލަ“ އާއި ގުޅޭގޮތުން ކަމަށެވެ. ޖަމީލް ވިދާޅުވީ، ސުވާލު ކުރިއިރު އިސްތިއުނާފު މަރުހަލާގެ ހަވާސާގައި ވާ ކަންތައް ވެސް ހިމެނޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތެވެ.

ޖަމީލާއި ހަވާލާ ދީ ނޫސްވެރިން ގެނެސްދީފައިވާ ހަބަރުތަކާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގު ކުރެވު ޝަރީއަތް ހިންގާފައިވާ މައްސަލައިގައި ނޫން ކަމަސެވެ. ރައީސް ޔާމީނާއި ދެ މައްސަލައަކާއި ގުޅޭގޮތުން ސުވާލު ކުރިއިރު އޭގެ ތެރެއިން އެއް މައްސަލައަކީ މީގެ ކުރިންވެސް ސުވާލުކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެގޕތުން އެ ދެ މައްސަލައިގެ ވެސް ތަފްސީލު ހިމަނާ ފުލުހުން ބުނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިލް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ފަތުވެރިކަމުގެ ރިސޯޓުތައް ތަރައްގީ ކުރުމަށްޓަކާ ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލުތައް ހިމެނޭހެން އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު 77،504،912$ (ހަތްދިހަ މިލިއަން ފަސްލައްކަ ހަޔަތުހާސް ނުވަސްތޭކަ ބާރަ ޑޮލަރު) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ކޮރަަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމއެޕީއާރުސީއަށް -/220،704،546ރ. (ދުއިސައްތަ ވިހި މިލިއަން ހަތްލައްކަ ހަތަރު ހާސް ފައްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެ ފައިސާއަށް ހިޔާނަތްތެރިވެ، އެ ފައިސާ ލޯންޑާރ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.

އަދި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭގޮތަށް އެމްއެމްޕީއާރުސީއިން އަމިއްލަ ފަރާތްތަކާއި، ކުދންފުނުތަކަށް ލޯނުގެ ގޮތުގައި 1،900،000ރ. (އެއް މިލިއަން ނުވަ ލައްކަ ރުފިޔާ) ދޫކޮށް އެ ފައިސާއަށް ހިމެނާނާތްތެރިވެ ލޯންޑާރ ކުުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ އިތުރުން ކޮރަޕްޝަނުގެ އަމަލެއް އެކުލެވޭ ގޮތަށް އެމްއެމްޕީއާރުސީން އަމިއްލަ ފަރާތްތަކާއި ކުންފުނުތަކަށް ލޯނުތަކުގެ ގޮތުގައި 1،900،000ރ. (އެއް މިލިއަން ނުވަލައްކަ ރުފިޔާ) ދޫކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާރ ކޮށްފައިވާކަމަށް ތުހުމަތުވާ މައްސަލައިގައި ސުވާލު ކުރުމަށް ކަމަށެވެ.

https://twitter.com/PoliceMv/status/1233113215778705408

ދެވަނަ ކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް ރ.ފުއްގިރި ކުއްޔަށް ދޫކުުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝަވަތުގެ ގޮތުގައި 1،118،800$ (އެއްމިލިއަން އެއްލަކަ އަށާރަހާސް ޑޮލަރު) ނަގައި އެ ފައިސާގެ އަމިލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑާރ ކުރި މައްސަލަ ކަމަށެވެ.

ފުލުހުން ވަނީ، އެ އިދާރާގެ ތަހުގީގުތަކާއި މައްސަލަތަކުގައި ހާޒިރުވާ ވަކީލުން، ފުލުހުންގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގޮތުން ކުރެވޭ ތަހުގީގުތަކާއި އަދި އެ ތަހުގީގުތަކާއި ގުޅިގެން ހިންގޭ އިޖުރާތްތައް ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުމަށް މަސައްކަތްކޮށް، އެގޮތަށް އަމަލު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ބަޔާނުގައި ބުނެފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ޝަރީއަތް ހިންގާފައިވާ މައްސަލައެއްގައި ނޫން ކަމަށެވެ. އަދި ސުވާލު ކުރި މައްސަލަތަކާއި ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް ފުލުހުން ރައީސް ޔާމީންގެ ވަކީލުންނަށް އަންގާފައިވާކަމަށް ބަޔާނުގައި ވެއެވެ.

މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ ”މިހާރުވެސް ކުރިޔަށް ދާ“ މައްސަލައާއި ގުޅޭގޮތުން ކަމަށް ޖަމީލް ވިދާޅުވުމުން ނޫސްވެރިން ވަނީ، ސުވާލު ކުރީ ސީދާ ކޮން މައްސަލައެއްގައި ތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އޭގެ ފުރިހަމަ ޖަވާބެއް ނުދެއްވާ ޖަމީލް ވިދާޅުވީ މިއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ އޮއްބާލުމަށް ސަރުކާރުން ހިންގަމުން ދާ އަމަލެއް ކަމަށެވެ. އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގައިދިޔަ އިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ބަހައްޓާފައި ވަނީ ޑީލްއެއްގެ ދަށުން ކަމަށެވެ. އަދި އެ ދެ ބޭފުޅުންވެސް ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދީފައިވަނީ ގޭ ބަންދަށް ބަދަލުކޮށްދޭނެ ކަމަށް ބުނުމުން ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: