ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ކޮންމެ އަހަރަކު މިހާރު ބާއްވަމުން އަންނަ ކޮކާ ކޯލާ ލޯންގް ރަން 10 އޭޕްރިލް ގައި ކުރިއަށް ގެންދަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ޓީއެފްޖީއިން އިންތިޒާމްކޮށްގެން ބާއްވާ ލޯންގް ރަންގެ މެއިން ސްޕޮންސަރަކީ ކޮކާ ކޯލާއެެވެ. 2013 ވަނަ އަަހަރު ތައާރަފްކުރި މި ދުވުމުގައި މި އަހަރު 2،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ޓީއެފްޖީއިން ވަނީ ލަފާކޮށްފައެވެ.
ކޮކާ ކޯލާ ލޯންގް ރަންގައި ބައިވެރިވާ ބޭނުންވާ މީހުންނަށް ޓީއެފްޖީންނާއި އޮންލައިން ކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ރެޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މާޗު މަހުގެ 20 ވަނަ ދުވަހެވެ.
ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި މެރެތަން (42.2 ކިލޯމީޓަރު) އާއި ހާފް މެރަތަން (21.1 ކިލޯމީޓަރު)ގެ އިތުރުން 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ރޭސް އޮންނާނެ އެވެ. އަދި ދުވުމުގެ އިތުރުން ވެސް މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން ޓީއެފްޖީން ވަނީ ދުވުމުގެ ތަފާތު ހަރަކާތްތައް ބާއްވަން ނިންމައިފަ އެވެ.
https://twitter.com/3000TfG/status/1232950229617561601
އޭގެ ތެރޭގައި ޓީއެފްޖީ ކަލަ ރަން އާއި ރަނިން އައްޑު އާއި ބޮޑު ހާފް އަދި ރަނިން ލާމު ހިމެނެ އެވެ. ލޯންގް ރަންގެ އިތުރުން މިއަހަރު ބާއްވާ ދެވަނަ ދުވުން (ރަނިން ރަން) އޮންނާނީ އަންނަ މާޗު 13 ވަނަ ދުވަހުގަ އެވެ. މި ދުވުމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

