ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބަށް 2435 މީހުން ކުރިމަތިލައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕްރީލް މަހުހެ ހަތަރު ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ކައުންސިލް އިންތިހާބަށް 2435 މީޙުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

ކައުންސިލްތިހާބާއި އަންހެހުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ފޯމް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ރޭ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބަްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަ ކުރުމަށް  އެންމެ ގިނަ މީހުން ކުރިމަތިލީ އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. ދެ ވަނަ އަށް އެންމެ ގިނައިން ކުރިމަތިލި ޕީޕީއެމްގެ ކެންޑިޑޭޓުންގެ އަދަދަކީ 679 އެވެ.

ޖުމްހޫރީ ޕާޓީން ކުރިމަތިލީ 127 ކެންޑިޑޭޓުންނެވެ. އަދާލަތު ޕާޓީން 30 ގޮނޑިއަކަށް، އެމްޑީއޭ އިން 22 ގޮނޑިއަކަށް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން 16 ގޮނޑިއަކަށް ކެންޑިޑޭޓުން ނެރުނު ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެ އިތުރުން އެމްއެލްއެސްޑީޕީން ހަތަރު ގޮނޑިއަކަށް ކެންޑިޑޭޓުން ނެރުނުއިރު، ޑީއާރުޕީން ވާދަކުރަނީ އެއް ކެންޑިޑޭޓަކު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލް  އިންތިޚާބުގައި 12 ރަށެއްގެ 15 ގޮނޑިއަކަށް މީހުން ކުރިިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށް ވާތީ އެ މީހުން އެ މަގާމުތަކަށް ހޮވިފައިވާ ކަމަށް މިވަގުތު ބަލަންޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ  އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1،817 މީހަކު ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރެއިން 22 ރަށަކަށް ކުރިމަތިލާފައި ވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ ނަން އަނބުރާ ނުގެންދާ ނަމަ، އިންތިޚާބަކާ ނުލައިި އެ މީހުން އެ މަގާމުތަކަށް ހޮވޭނެ ކަމަށެވެ. 

ހަމައެހެންމެ  ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީ އަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ކަމަށާއި އެހެން ދެ ރަށެއްގައި އެއްވެސް މީހަކު އެ ކޮމިޓީ އަށް ވާދަނުކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންވެ، އެ ރަށްތަކުގައި ކޮމިޓީތަކަށް ކުރިމަތިލާން އަލުން ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: