ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޖޭއޭއަށް ގެގް އޯޑަރ އިސްތިއުނާފް ކުރުމުގެ ހައްގެއް ނެތް: ހައިކޯޓު

ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރ އިސްތިއުނާފް ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ގާނޫނީ ހައްގު އެ ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށެވެ.

މި މައްސަލައަކީ ”އަދަދު“ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ތައްޔާރުކުރި ޑޮކިއުމަންޓަރީއަކާ ގުޅިގެން ދައުލަތުން އުފުލާފައިވާ ޤަޛްފު ކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ނެރެފައިވާ އަމުރެކެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރުގައި ވަނީ އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށްފައެވެ.

ދައުލަތުން ޤަޛްފުކުރުމުގެ ދައުވާ އުފުލާފައިވަނީ ”އަދަދު“ އޮންލައިންގެ އެޑިޓަރުން ކަމަށްވާ ޙުސައިން ފިޔާޟް މޫސާ އާއި ޙަސަން މުޙައްމަދުގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މައްސަލައާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުމާއި އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ދެއްކުމަކީ މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން، އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މައްސަލައިގެ އެއްވެސް ޙަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް މި ޑޮކިއުމަންޓަރީއާ ގުޅުވައިގެން ދެއްކުމަކީ ވެސް މަނާކަމެކެވެ. މި އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަމުރެއް ކަމަށް ބުނެ އެމްޖޭއޭއިން އިސްތިއުނާފަށް ހުށައެޅި ނަމަވެސް، ކޯޓުން ނިންމީ އެ ޖަމިއްޔާއަކީ މައްސަލައިގެ ހަސްމަކަށް ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: