ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިމަމް ވޭޖް ކަނޑަނޭޅުނީ މަޖިލީހުގެ ލަފައެއް ނުލިބިގެން: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމްވޭޖް ކަނޑަނޭޅުނީ މަޖިލީހުގެ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށާއި، ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާ އަރުވައިފައިވެއެވެ.

ނިމިގެންދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު މިނިސްޓަރު ފައްޔާޒް ވިދާޅުވެފައިވަނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅައި، އިއުލާނުކުރައްވާނެކަމަށެވެ. ނަމަވެސް އެ ތާރީހު ފާއިތު ވެގެން ދިޔައިރު ވެސް އެކަން ކުރެވިފައެއް ނުވެއެވެ.

އިކޮނޮމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމަށް ވިދާޅުވި މުއްދަތު ފަހަނަ އަޅައި ހިނގައްޖެ ކަމަށެވެ. އަދި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައެޅޭނެ ކަމަށް އުއްމީދު ކުރެވުނު ކަމަށެވެ. އަދި އެކަން ވަނީ މަޖިލީހަށް ފޮނުވިފައި ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޖިލީހުގެ ލަފަޔެއް މިކަމުގައި ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

މިނިމަމް ވޭޖަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މިނިސްޓަރު ވަނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުއްވައިފަ އެވެ. ސަރުކާރުން ފޮނުވި ރިޕޯޓުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ރިޕޯޓް ހިމެނެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުން އުފައްދާފައިވާ، އުޖޫރައާ ގުޅޭ ގޮތުން ލަފާދޭ ބޯޑެއް އޮންނަ އިރު، އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމުގެ ބާރު ގާނޫނުން އެ ބޯޑަށް ލިބެ އެވެ.

 

ވަޒީފާއާ ބެހޭ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ؛ ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށް ފަހު ވަކި މަސައްކަތަކަށް، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ގޮތުން ނުވަތަ ބަދަލުކުރުމުގެ ގޮތުން ނުވަތަ ބާތިލު ކުރުމުގެ ގޮތުން މިނިސްޓަރަށް އަމުރެއް ނެރެވިދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: