ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގޯގައި ފެތުރޭ އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ، އެ ސަރަހައްދަށް ދަތުރުނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި!

ކޮވިޑާއި ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް: ފޮޓޯ- ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޔުގެންޑާގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެ އެޖެންސީން މިހެން ވިދާޅުވީ އެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން ދެއްވި މައުލޫމާތުގައެވެ.

ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސްގައި ފެތުރެމުންދާ މި ބައްޔަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާރު ވަނީ ކަނޑައަޅާފައެވެ. އެ ސަރަހައްދުގައި ބަލި ފެތުރެން ފެށި ފަހުން މިހާތަނަށް 246 މީހުން ބައްޔަށް ފައްސިވެފައިވާއިރު، 80 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން އަވަށްޓެރި ޔުގެންޑާއިންވެސް ދެ މީހަކު މި ބައްޔަށް ފައްސިވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، ކޮންގޯ އާއި ޔުގެންޑާގައި ބަލި ފެތުރެމުންދާ ހާލަތު އެ އެޖެންސީން ވަރަށް ގާތުން މޮނީޓަރު ކުރަމުންދާ ކަމަށެވެ. އަދި މި ވަގުތުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލި ފެތުރޭ ސަރަހައްދުތަކަށް ދަތުރު ނުކުރުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއްވިއެވެ.

ކޮންގޯގައި މިހާރު ފެތުރެމުން ދަނީ އެބޯލާގެ އާ ވައްތަރެކެވެ. މި ބައްޔަށް މިހާތަނަށް އެއްވެސް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައި ނުވާތީ، ބަލިން ރައްކާތެރިވުމަށް ސިއްހީ މާހިރުން ދަނީ އިލްތިމާސް ކުރަމުންނެވެ. އެބޯލާ އަކީ އާންމުކޮށް ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔަވަރެއްގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ.

މި ބަލި ފެތުރޭ ސަރަހައްދުތަކުގައި ތިބި މީހުންނާއި އެ ސަރަހައްދުތަކަށް ދަތުރުކުރާ ފަރާތްތަކުން ސިއްހީ އިރުޝާދުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: