ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހުޅުދޫ ބަނދަރު ހެދުން އެއް އަހަރު ތެރޭ ނިންމާގޮތަށް އެމްޓީސީސީއަށް!

އައްޑޫ ހުޅުދޫ ބަނދަރު ހެދުން އެއް އަހަރު ތެރޭ ނިންމާގޮތަށް އެމްޓީސީސީއަށް- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ، ހުޅުދޫގެ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާސްންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި 65 މިލިއަން ރުފިޔާއަށް ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އާދީއްތަ ދުވަހު އެކަމަށް ހާއްސަކޮށް ރަސްމިއްޔާތެއް ބާއްވާ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ސޮއި ކުރެއްވިއިރު ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޕާމަނަންޓް ސެކޭޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި މި ރަސްމިއްޔާތުގައި ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަޝްރޫއުގެ ދަށުން ކުރުޔަށް ގެންދިއުމަށް އެއްބަސްވެފައިވާ މަސައްކަތްތަކުގެ ތެރޭގައި ބޮޑު ހިލައިގެ 114 މީޓަރުގެ ނެރު ފައިކައްޓެއް ޖެހުމާއި، 742 މީޓަރު އެއްގަމު ތޮށި ލުމުގެ އިތުރުން 624 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރަށް ބަނދަރުގައި ބައްތި އާއި ނެރު ޖެހުމާއި، 2،250 ސްކޮއާމީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތް އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ކުރިޔަށް ގެންދަން ޖެހޭނެއެވެ.

https://twitter.com/MTCCPlc/status/1234091494148956160

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި ހުޅުދޫ މަޝްރޫއު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މިއީ މި ސަރުކާރުން ކުރިޔަށް ގެންދާ 50 ވަނަ ބަނދަރު މަޝްރޫގެ ގޮތުގައި ޕްލޭނިން މިނިސްޓްރީއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: