ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެއަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ޤައުމަކަށް ވެގެން ނުވާނެ: އިޙްސާން

ފޮޓޯ: ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ދުނިޔޭގައި ދިވެހިރާއްޖެއަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ޤައުމަކަށް ވެގެން ނުވާނެ ކަމަށާއި، ރާއްޖެއިން އަމިއްލަ އީޖާދުތައް އުފައްދަންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ”ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރ“ އިފްތިތާޙްކުރުމަށްޓަކައި ބޭއްވި ”ކޮލެބް 26“ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޓެކްނޮލޮޖީގެ ދާއިރާއަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބާރުދުވެލީގައި ކުރިއަރަމުން އަންނަ މި ދުނިޔޭގައި ރާއްޖެއަކީ ޓެކްނޮލޮޖީގެ އުފެއްދުންތެރި ޤައުމަކަށް ވާންޖެހޭކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި ”މޯލްޑިވްސް އޭއައި ލެބް“ އިން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މި ލެބަކީ ކޮންމެ އައު ޓްރެންޑެއްގެ ފަހަތުން ދުވާ ޓެކްނޮލޮޖީގެ ”ޝޯވްރޫމަކަށް“ ނުވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މީގެ އިތުރުން އިޙްސާން ވިދާޅުވީ، ސަރުކާރުގެ ހަމައެކަނި އަމާޒަކީ ދައުލަތުގެ އިދާރާތަކާއި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުން ނޫންކަމަށެވެ. އޭގެ ބަދަލުގައި، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ފުޅާ އަދި ވިސްނުންތެރި (ސްމާޓް) ދައުލަތެއް ބިނާކުރުން ކަމަށް އިޙްސާން ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިފަދަ ނިޒާމެއްގެ ސަބަބުން ދައުލަތް ހިންގުމުގެ އެކި މަރުހަލާތަކުގައި ޑޭޓާގެ ބޭނުން ހިފައިގެން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ހަމައެކަނި ކަރުދާހުން ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމެއް ނޫން ކަމަށާއި، މިއީ ޒަމާނީ އީޖާދުތަކާއެކު ދައުލަތުގެ މަސައްކަތްތައް ހަރުދަނާކޮށް، މުސްތަޤްބަލަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް އިފްތިތާޙްކުރެވުނު ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރަކީ ސަރުކާރުގެ އެކި އިދާރާތަކަށް ބޭނުންވާ އޭއައި ހައްލުތައް ނިޒާމީ ގޮތެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ މައިގަނޑު މަރުކަޒެވެ. މި ސެންޓަރުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް ހަރުދަނާވެ، ޑޭޓާގެ އެހީގައި ނިންމުންތައް ނިންމުމަށް ފަސޭހަވެގެންދާނެއެވެ.

މި ސެންޓަރު ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ދިވެހިރާއްޖެއަކީ ޑިޖިޓަލް އިޤްތިޞާދަކަށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. ”ކޮލެބް 26“ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: