ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ ތިންވަނަ ފްލައިޓް ފުރައިފި!

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ ތިންވަނަ ފްލައިޓް ފުރައިފިއެވެ.

ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތިންވަނަ ފްލައިޓުގައި 250 މީހުން ސަޢޫދިއާ އެއާލައިންގައި މިއަދު ވަނީ ފުރާފައެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތިންވަނަ ފްލައިޓުގައި 250 މީހުން ސަޢޫދިއާ އެއާލައިންގައި ފުރާފައިވަނީ މިއަދު މެންދުރު ފަހު 15:25 ހާއިރުއެވެ. އަދި މި ފްލައިޓު ޖިއްދާއަށް ދެވޭނެ ކަމަށް ބެލެނެވީ ރާއްޖެ ގަޑިން މިރޭ 8:30 ހާއިރުއެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މިއަދު ތިންވަނަ ފްލައިޓު ފުރާފައިވާއިރު ފަހު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ފުރަތަމަ ފްލައިޓުގައި 238 މީހުން ވަނީ ފުރާފައިވެއެވެ. އަދި ދެވަނަ ފްލައިޓުގައި 260 ޙައްޖުވެރިން ފުރާފައިވެއެވެ. މިމަހުގެ 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 252 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ސައުދީ ސަރުކާރުގެ ”މައްކާ ރޫޓު އިނިޝިއޭޓިވް“ ގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ސައުދީގެ 18 ބޭފުޅުންގެ ވަފުދެއް މިމަހު ރާއްޖެވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ. މިއީ ޙައްޖުވެރިންނަށް އިމިގްރޭޝަންގެ ކަންކަމާއި އެހެނިހެން އިންތިޒާމުތައް ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށް ދިއުމަށް ސައުދީ ސަރުކާރުން ރަސްމީކޮށް ދޫކުރަނީ 1,000 ޖާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: